ލައިފްސްޓައިލް

އިންޑިއާގެ ފެކްޓަރީއެއްގައި ހިމާރުގެ ބޮޑުކަމުދާތަކެތި އަޅައިގެން ހަވާދު ހަދާކަން ފަޅާއަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ހަތުރަސް ގައި ހުރި ފެކްޓަރީ އެއްގައި، ހިމާރުގެ ބޮޑުކަމުދާ ތަކެއްޗާއި ހަނޑުލު ގޮތްޕާއި އެސިޑެއް އަޅައިގެން ހަވާދު ހަދާކަން ފަޅާއަރައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ އެފެކްޓަރީ ރެއިޑްކޮށް، އެބާވަތުގެ 300 ކިލޯއެއްހާ ހަވާދު އަތުލައިގެންފައެވެ. އަދި އެފެކްޓަރީގެ ވެރިއަކަށްހުރި ވަރްޝްނީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހިމާރުގެ ބޮޑުކަމުދާތަކެތި އަޅައިގެން ހަދާފައި ހުރި ހަވާދުގެ ތެރޭގައި ހިމެނެނީ ތެޅި މިރުސް ޕެކެޓާއި، ކޮރިއެންޑަރ ޕައުޑާ، ގަރަމް މަސާލާ އަދި ރީނދޫ ޕެކެޓެވެ.

އެނގިފައިވާ ގޮތުގައި އެ ފެކްޓަރީން ހަދާ ހަވާދު ގެ 27 ސާމްޕަލެއް މިހާރު ވެސް ވަނީ ޓެސްޓު ކުރަން ފޮނުވާފައެވެ.

މިއީ އިންޑިއާ ގެ ފެކްޓަރީއެއްގައި މިފަދައިން ގަޑުބަޑު ކޮށްގެން ތަކެތި ވިއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ އޯގަސްޓު މަހު، އެޤައުމުގެ ޕަންޖާބް ގައިހުރި ބަނގުރާ ހަދާ ފެކްޓަރީ އެއްގައި، ރަލާއި 121 އެއްހާ ކެމިކަލް އެއްކޮށްގެން މީހުންނަށް ވިއްކި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. މިކަން ފަޅާއެރީ އެދުވަސްވަރު ރާ ބޮއެގެން އެތައް ބަޔަކު މަރުވުމުން، ފުލުހުން ކުރި ތަހުގީގަކުންނެވެ.

 

  1. ކޮން ފެކްޓްރީއެއް ކަން ޖަހާލި ނަމަ ދޯ