ލައިފްސްޓައިލް

ޝޭމްޕޫއަށް ހަކުރު އަޅާ އެއްކުރަންވީ މި ސަބަބަށްޓަކައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ މީހަކުވެސް ރީތި، ވަރުގަދަ އިސްތަށިގަނޑެއް ބޭނުންވާނެ ކަން ޔަގީނެވެ. އެހެން ނަމަވެސް ބޮލުން ހަންފޮޅުމާއި އިސްތަށި ފޭބުން ފަދަ ކަންތައްތަކުގެ ސަބަބުން އިސްތަށިގަނޑު ރަނގަޅަށް ނުބެލެހެއްޓުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އިސްތަށިގަނޑުގައި ހޭކުމަށް އެކިކަހަލަ ކްރީމްތަކާއި ތެޔޮތައް ގަތް ނަމަވެސް މިކަމަކަށް ހަމަހިލާ ހައްލެއް ލިބޭތަނެއް ނުފެނެއެވެ. އަދި ބޮލުގައި ހާކަން ރަނގަޅު ޕްރޮޑަކްޓެއް ހޯދުމަކީ މި ދުވަސްވަރު އުނދަގޫ ކަމަކަށް މިވަނީ ވެފައެވެ.

Ads by STELCO

އިސްތަށިގަނޑުގައި ހާކަން އެކިކަހަލަ އެއްޗެހި ގަންނަ އިރުގައި ވެސް ބޮލުގެ ހަންގަނޑުގައި ހާކާނެ އެއްޗެއް އެއްވެސް މީހަކު ނުގަނެއެވެ. ނަމަވެސް ބޮލުން ހަންފޮޅޭތީ އެކަމާ ނުހަނު ކަންބޮޑުވެގެން އުޅޭތަން ފެނެއެވެ.

ތިބާގެ މޫނު ނުވަތަ ހަންގަނޑު ފަދައިން ބޮލުގެ ނާށިގަނޑުގައި ވެސް ވަރަށް ގިނައިން މަރުވެފައިވާ ސެލްތައް އެކުލެވެއެވެ. އެ ސެލްތަކުގެ ސަބަބުން ތިބާގެ ބޯ ހިރުވުމަށް މަގުފަހިވެއެވެ. އަދި ތިބާގެ އިސްތަށިގަނޑުގެ ރީތި ކަމަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. ހަގީގަތުގައި ބޮލުގެ ނާށިގަނޑަކީ ވެސް ވަރަށް ސަމާލުކަމެއް ދީގެން ބަލަން ޖެހޭނެ އެއްޗެކެވެ. އެހެން ނަމަވެސް އެކަން ކުރާނީ ކިހިނަކުން ބާވައެވެ. ތިބާގެ ބޮލުގެ ނާށިގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާނީ ކިހިނަކުން ބާވައެވެ؟ ކިޔައިދޭން މިއުޅެނީ އެކަން ކުރާނެ ގޮތެވެ.

ބޮލުގެ ނާށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ކުރަންވީހާ ވެސް ކަމަކީ ޝޭމްޕޫ އަޅާއިރު ހަކުރު ކޮޅެއް އެއްކޮށްލުމެވެ. ތިބާގެ މޫނު ކޮންމެ ދުވަހަކު އުނގުޅައިގެން ދޮންނަ ފަދައިން ތިބާގެ ބޮލުގެ ނާށިގަނޑުވެސް ރަނގަޅަށް އުނގުޅައިގެން ދޮވުމަކީ މުހިންމު ކަމެކެވެ. އޭގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި މަރުވެފައި ހުންނަ ސެލްތަކުން އިސްތަށިގަނޑު ސަލާމަތްވާނެއެވެ. ހަކުރު ކޮޅެއް ޝޭމްޕޫއަށް އެޅުމުން، އެ އުފެއްދުނީ އެކަމަށް ގުދުރަަތީ ފަރުވާއެކެވެ.

އަގުބޮޑު ޝޭމްޕޫތަކާއި ކޮންޑިޝަނާތައް ކޮންމެހެން ބޭނުމެއް ނުވެއެވެ. ޝޭމްޕޫއަށް ހަކުރު އަޅައިގެން ކޮންމެ ދުވަހަކު ބޯ ދޮންނާކަށް ނުޖެހެއެވެ. ހަފްތާއަކު 3 ދުވަހަކު ބޭނުން ކުރުމުން ފުދެއެވެެ.

 

Ads by Allied Insurance
  1. އަލީ

    ސައި ހަކުރުތޯ ، ރާހަކުރުތޯ،، ކޮންކަހަލަ ހަކުރެއްތޯ…