ޕޮލިސް ޓޯޔާޑު ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
 
                                                    ޕޮލިސް ޓޯޔާޑު ކުރިމަތީގައި މިރޭ ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުއްމީހުން ބުނި ގޮތުގައި ސައިކަލު އެކްސިޑެންޓު ވެފައި ވަނީ ޓޯޔާޑު ކުރިމަތިން މަގުގެ މާފަންނުން ހެންވޭރަށް ދުއްވާފައި ދިޔަ ސައިކަލެއް މަގުގެ މޫދާވީ ފަޅިއަށް ކައިރި ކުރަން އުޅުމުގެ ތެރޭގައި ހެންވޭރުން މާފަންނަށް ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެން ކަމަށެވެ. އަދި ހެންވޭރުން މާފަންނަށް ދުއްވާފައި ދިޔަ ސައިކަލު ދުއްވަން އިން ޒުވާނާއަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.
މި އެކްސިޑެންޓު މިގޮތަށް ހިނގާފައި ވާއިރު، މާފަންނުން ހެންވޭރަށް ދުއްވާފައި ދިޔަ ސައިކަލު، ފުލުހުން އެތަނަށް އައިއިރުގައި ވެސް ނެތް ކަމަށް އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ބުނެފައި ވެއެވެ.
އަދި އޭނާ ‘ދެން’އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ކަންފަތު ފޫޅު ވެސް ނެތް ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ޒަޚަމުވި މީހާ މިހާރު ފުލުހުންގެ ވެހިކަލަކަށް އަރުވައި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.
އެކްސިޑެންޓު ހިނގައިފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ މަގުމައްޗަށް ވެރިފައި ވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ “ދެން” ގެ ނޫސްވެރިން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
 

 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ކަންފަތު ފޫޅު ނެތީމަ ވަރަށް ދެރަ ވެއްޖެ )’: