ދަރުސްތައް ދިނުމަށް މިސްކިތްތައް ހުޅުވާލުމަށް ޝެއިޚް ޒައިދު ގޮވައިލައިފި

މިހާރު ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ރަނގަޅު ވުމާއެކު ރާއްޖޭގެ މިސްކިތްތަކުގައި ދަރުސް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ޝެއިޚް އަލީ ޒައިދު ގޮވައިލައިފިއެވެ.
ޝެއިޚް ޒައިދު މިހެން ބުނެފައި ވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. އޭނާ ބުނެފައި ވަނީ މިހާރު މުޖުތަމައުން ފެންނަމުންދާ ލުއިތަކާއި މަންޒަރު ތަކަށް ބަލާ، މިސްކިތް ތަކުގެ ދަރުސްތަކަށް ފުރުސަރު ދެއްވުމަށް އެޗްޕީއޭއަށް ގޮވާލާ ކަމުގައެވެ.
ޝެއިޚް ޒައިދު މިފަދައިން ޓުވީޓު ކޮށްފައި ވަނީ ކޮވިޑު-19 އާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ކާފިއު އުވާލުމާއެކު ބޮޑު ލުއިތަކެއް ދެމުން ދާ ދަނޑިވަޅެއްގައެވެ.