14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 40 އަހަރުގެ މީހަކު ހައްޔަރު ކޮށްފި
އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 40 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ފުލުހުން ހުށަހެޅިފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރު ކޮށްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ، ރައްކާތެރި ކުރުމުގެ ގޮތުން އެކުއްޖާގެ ވަނަވަރު ނުވަތަ މައްސަލަ ހުށަހެޅޭ އަތޮޅާއި ރަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
Ads by Allied Insurance