ޚަބަރު

"ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލަން ޚިޔާލު ދެއްވީ ރައީސް ނަޝީދު"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ލަންކާ ގައި މަރުވާ މުސްލިމުން ރާއްޖެއަށް ވަޅުލާން ގެންނަން އެދުމުގެ ޚިޔާލު އެޤައުމުގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އަށް އެންމެ ފުރަތަމަ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް މީޑިއާ ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by STELCO

ޝްރީލަންކާގެ ބުދިސްޓުން ޤަބޫލުކުރާ ވާހަކަތަކެއްގެ ސަބަބުން، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް އަންދާލުމަށް އެޤައުމުގެ ސަރުކާރުން ވަނީ އަމުރު ކޮށްފައެވެ. އަދި އެތައް މުސްލިމުންނެއްގެ ހަށިތައް ވެސް އެފަދައިން، އެމީހުންގެ އާއިލާގެ ނުރުހުމުގައި ވަނީ އަންދާފައެވެ. މިކަމާ ގުޅިގެން އެޤައުމުގައި ވަނީ ނުތަނަވަސްކަމާ ހިތްހަމަ ނުޖެހުން ފެތުރެން ފަށާފައެވެ.

އެހެންކަމުން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަށް އެދި އެޤައުމުގެ ރައީސް ގޯތަބަޔާ ރާޖަޕަކްސާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން އެދިލައްވާ ސިޓީއެއް ފޮނުއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން ލަންކާ ގެ ބައެއް ނޫސްތަކުން ވެސް ވަނީ ހާމަވެފައެވެ.

އެގޮތުން ލަންކާގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތާ ހެރާތު އާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ޑެއިލީ މިރޯ" ގައި ބުނެފައި ވަނީ، ބަލީގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ނިއުސް އިން އޭޝިއާގައި ޝާއިއުކުރި ހަބަރެއްގައި ބުނެފައި ވަނީ، ލަންކާ ރައީސް އަށް އެ ޚިޔާލު ދެއްވީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ލަންކާގައި މަރުވާ މުސްލިމުން މަރުވުމުން އެންދުމާ ގުޅިގެން އުފެދުނު ކަންބޮޑުވުން ތަކާއި ގުޅިގެން ބައެއް ގައުމުތަކުގެ މުސްލިމް ލީޑަރުންގެ އެހީތެރިކަމަށް ވެސް ލަންކާގެ މުސްލިމުން އެދުނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، މެލޭޝިޔާގެ ބޮޑުވަޒީރުގެ އިތުރުން މުސްލިމު އެހެން ލީޑަރުންގެ އެހީތެރިކަމަށް ވެސް އެދުނެވެ. އެމީހުން އެދުނީ މުސްލިމުންގެ ހަށިގަނޑުތައް ވަޅުލައިދިނުމަށް ކަމަށާއި، އެކަމަށް ލީޑަރުން ތާއީދުކުރި ނަމަވެސް، އެއީ ސަރުކާރާ ދެމެދު ވާންޖެހޭނެ އެއްބަސްވުމެއް ކަމަށް ލީޑަރުން ވިދާޅުވި ކަމަށް ވެސް ލަންކާގެ އެނޫހުގައި ވެއެވެ.

"(ލަންކާގައި މަރުވާ މުސްލިމުންގެ) ހަށިތައް ރާއްޖެ ފޮނުވަން މުހައްމަދު ނަޝީދު، ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަށް ހިޔާލު ދެއްވީ މި ސްޓޭޖުގަ އެވެ. އެއާއެކު ލަންކާގެ ރައީސް ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް ސޯލިހަށް ރަސްމީކޮށް އެކަމަށް އެދިވަޑައިގެންފަ އެވެ." އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެޤައުމުގެ ރައީސް އެދިލެއްވުމުން، ރައީސް ޞާލިޙު ދެއްވީ އެދެވޭ ޖަވާބެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

Ads by HDC
  1. ޑެމަބެ

    ތިކަހަލަ ތާކުން ތާކު ނުޖެހޭ ޚިޔާލެއްވިއްޔާ އެކަމުގެ ފަހަތުގަ އޭނާ ހުންނާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން.

  2. އަދުރޭ

    މަނަންވިޔަސް ބޯގަޅި ކަމެއްތަ އަހަރުމެންގެ ނަޖިދު ކަލޭގެ ނައްޓާ ނުދާނެ! ސާބަހޭ އަބަދުވެސް 6 ކުޅި ކުރިއަށް ކުޅޭ! ހެހެހެ.

  3. ނަޝީދު ވީލަވްޔޫ