ޚަބަރު

އިލްޔާސްގެ ފުރަތަމަ އަނބިކަނބަލުން ކޮލިގޭ އައިޝަތު ނާސިރާ އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލްޔާސް އިބްރާހިމްގެ ފުރަތަމަ އަނބިކަނބަލުން ކޮލިގޭ އައިޝަތު ނާސިރާ އަވަހާރަ ވެއްޖެއެވެ.

Ads by Sosun Fihaara

ކޮލިގޭ އައިޝަތު ނާސިރާ އަވަހާރަވީއިރު އުމުރުފުޅުން 76 އަހަރެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރީ މިއަދުގެ މެންދުރު ނަމާދަށްފަހު މަސްޖިދުލް ތަޢާވަން (އާސަހަރާ މިސްކިތު) ގައެވެ.

ނާސިރާ އާއި އިލްޔާސް އިބްރާހިމް އަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ. އަދި އޭގެ ފަހުން ވެސް އެކަމަނާއަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

އިލްޔާސް އިބްރާހިމް އަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ގެ ބޭބޭފުޅެވެ. އިލްޔާސް އިބްރާހިމް  ސަރުކާރަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ ދެވަނަ ޖުމްހޫރިއްޔާގެ ތެރޭގައެވެ.

އިލްޔާސް އިބްރާހިމް ވަޒީފާ އަދާކުރެއްވުމުގައި ގެންގުޅުއްވި ގޮތްތަކެއްގެ ސަބަބުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އެންމެ އަރިސްބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިފައިވެއެވެ. އެގޮތުން އިބްރާހިމް ނާސިރު އެންމެ އިތުބާރު ކުރައްވާ، އެމަނިކުފާނު ސޮއި  ކުރައްވަންޖެހޭ ބައެއް ލިޔުންތަކުގައި ސޮއިކުރެއްވުމުގެ އިހްތިޔާރު ވެސް ދެއްވާފައިވާ ބޭފުޅަކީ ހަމައެކަނި އިލްޔާސް އިބްރާހިމްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!