ދުނިޔެ

ކޮވިޑް-19: ވައިރަސްގެ ދެވަނަ މިއުޓޭޝަނެއް، މިފަހަރު މާ ބާރުގަދަ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިނގިރޭސިވިލާތުން ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސްފައިވާ އާ ސްޓެރެއިންްްއެއް ފެނިފައި ވަނިކޮށް މިއަދު އަނެއްކާ ދެވަނަ ސްޓެރެއިން އެއް ފާހަގަ ކުރެވިއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހަންކޮކް އިއްޔެ ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ އިތުރު ސްޓްރެއިންއެއް އިނގެރޭސި ވިލާތުން ފެނިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ފެނިފައިވާ އާ ސްޓްރެއިން އަށްވުރެ މިއަދު ފެނުނު ސްޓްރެއިން ވަރުގަދަ ކަމަށާއި އަދި ހަލުވި ކަމާއެކު ފެތުރޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުން އަންނަ ވައިރަސްގެ އާ ސްޓްރެއިންއަކީ އެފްރިކާއިން އައިސްފައިވާ ސްޓްރެއިންއެއް ކަމަށް އެފަރާތުން ބުނެއެވެ.

"މި ސްޓްރެއިންގެ ވައިރަސް ފެނިފައިވަނީ ސައުތު އެފްރިކާއިން އައި ދެ ފަތުރުވެރިއެއްގެ ފަރާތުން، މިއީ އެޤައުމުން އައި އައު ސްޓްރެއިންއެއް. މި ސްޓްރެއިންއާ ގުޅޭ ގޮތުން ހަދަން ޖެހޭ ދިރާސާތައް މިހާރު ދަނީ ކުރަމުން" މެޓް ހަންކޮކް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ސައުތު އެފްރިކާގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ އެޤައުމުގައި ކޮވިޑް-19 ޖެހޭ ފަރާތްތައް އިތުރުވަމުން ދަނީ، ވައިރަސްގެ އައު ސްޓްރެއިންގެ ސަބަބުން ކަމަށް ބުނެފައެވެ.

ޕަބްލިކް ހެލްތު އިންގްލޭންޑް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސި ވިލާތުން މީގެ ދުވަސްކޮޅެއް ކުރިން ފެނުނު ކޮވިޑް-19 ގެ ސްޓްރެއިންއާ މިއަދު ސައުތު އެފްރިކާއިން ފެތުރު ކަމަށް ލަފާ ކުރެވޭ ސްޓްރެއިންއާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި ވެކްސިން ޖެހުމުން މި ދެ ސްޓްރެއިންގެ ވައިރަހުން ވެސް ސަލާމަތް ކޮށްދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ވެކްސިން އިން އުފައްދާ އެކްޓިބޮޑީސް އިން މި އާ ސްޓްރައިންގެ ވައިރަސްއާ ވެސް ފައިޓް ކުރާނެ" ޕަބްލިކް ހެލްތު އިންގްލޭންޑް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!