މިއަދު ހުޅުވި ސްވިމިން ޕޫލަކީ ރައީސް ޔާމީންގެ މަސައްކަތެއް: މަޙްލޫފް
ހުޅުމާލޭގައި އިމާރާތްކުރި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި އޮންނަ ސްވިމިން ޕޫލަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މަސައްކަތެއް ކަމަށާއި އެކަމުގެ ކްރެޑިޓް ރައީސް ޞާލިޙްގެ ސަރުކާރުން ނަންގަވަން ނޫޅޭ ކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، ސްވިމިންގް ޓްރެކް ހުޅުވި ޚަބަރު ޓްވީޓް ކުރައްވަވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. މިގޮތުން މި ޓްވީޓްގައި ޝިޔާމް ވިދާޅުވީ، މިއީ ރައްޔިތުންގެ ލޮލުގައި އެދުން އެޅުވުން ކަމަށާއި މި ޕޫލަކީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ޒުވާން ޖީލަށް ކޮށްދެއްވާފައިވާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ކުރެޑިޓް މަޙްލޫފް ދެއްވާނީ ރައީސް ޞާލިޙްއަށްތޯ ޝިޔާމް ވަނީ މަޙްލޫފް ކުރެން އައްސަވާފައެވެ.
މި ޓްވީޓަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވީ، ހައުސިންގް ޑިވަލަޕްމެންޓް ކޯޕަރޭޝަނަށް 16 މިލިޔަން ރުފިޔާ ދެއްކީ މިސަރުކާރުން ކަމަށާއި ސަރުކާރުން މަސައްކަތް ކުރައްވަނީ އޮލިންޕިކް ސްޓޭންޑާޑްގެ ސުވިމިން ޕޫލެއް އެޅުއްވުމަށް ކަމަށެވެ. އަދި ސްވިމިންގް ޓްރެކްގެ މަސައްކަތް ﷲގެ އިރާދަ ފުޅާއެކު ނިމެމުންދާ ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތު މިނިސްޓްރީއާ ހަވާލުކުރިއިރު އެކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމެއް ގާއިމް ކޮށްފައި ވެއެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގ އެސޯސިއޭޝަނާ ވަނީ ހަވާލު ކޮށްފައެވެ.
ކަނޑައަޅާ ވަކިކޮށްފައިހުރި 16 މިލިޔަންރުފިޔާ އެޗްޑީސީއަށް ދައްކާނީ ތަން ނިމި ޗެޖްކޮށްފައެވެ. މި ސަރުކާރުން ދިނީ އެ ފައިސާއެވެ .. އެއީ މި ސަރުކާރުން ހޯދި ފައިސާއެއް ނޫނެވެ.
ތިހެން ބުނިއިރު ކަލޭގެ އަނގަމަތި ހުރި ވައްތަރު މަ ދެކެން ބޭނުމީ. ކެކެކެ