ޚަބަރު

ކްރިސްމަސް ފާހަގަކުރާ މީހުންނަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިސްމަަސް ފާހަގަކުރާ މީހުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

Ads by STELCO

ތަހުނިޔާ ފޮނުވާފައި ވަނީ މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އެ ދުވަސް ފާހަގަކުރާ މީހުންނަށް ވަރަށް އުފާވެރި ކްރިސްމަސް އަކަށް އެދޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ. ނަޞާރާއިން ޢީދެއްގެ ގޮތުގައި ފާހަގަ ކުރާ ކްރިސްމަސް ފާހަގަ ނުކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ވެސް ވަނީ މީގެ ކުރިން ގޮވައިލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އެކި ރިސޯޓުތަކުގަޔާއި ގެސްޓު ހައުސް ތަކުގައި ވެސް ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށް ދިޔުމާއި ގުޅިގެން ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ޢިލްމުވެރިންގެ ގުޅުމުން ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރިން މާފުށީ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ކްރިސްޓްމަސް ގަހެއް ބަހައްޓާފައި ހުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވުމާއި ގުޅިގެން ފުލުހުން ވަނީ އެ ގަސް ނަގާފައެވެ. ފުލުހުން ބުނެފައިވަނީ އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ކަމެއް ކަމަށާއި ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން ކުރި މަޝްވަރާތައް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

  1. ރަންބުއްދި

    މަޖިލިސް ތެރެއަށް ތިކަންތައް ވަދެގެންދާނެކަމަށް ބެލެވޭ