ދިރާގަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދިން 65 މުވައްޒަފެއްގެ އަގު ވަޒަން ކޮށްފި

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތް ކަމުގައިވާ ދިރާގަށް، ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދިން 65 މުވައްޒަފެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފިއެވެ.
ދުއިސައްތައަށް ވުރެ ގިނަ މުވައްޒަފުންނާއެކު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެވޯޑު ދިނުމުގެ ހަފުލާގައި 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތް ކޮށްދިން މުވައްޒަފުންގެ އަގު ވަޒަންކޮށް، މިއަދު އެވޯޑު ދީފައި ވެއެވެ.
މިހަފްލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ވިދާޅުވެ އެމުވައްޒަފުންގެ މަސައްކަތް ތަކަށް ޝުކުރު އަދާ ކޮށްފައެވެ.
ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެވެ. އަދި އެކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވެސް ހިމެނެއެވެ. ދިރާގު އެންމެ ފުރަތަމަ އިންކޯޕޮރޭޓްވެ ރެޖިސްޓްރީ ކޮށްފައިވަނީ 16 މެއި 1988 ގައެވެ. އަދި އެކުންފުނީގެ ޚިދުމަތްތައް ފަސްމީކޮށް ފަށާފައި ވަނީ 1 އޮކްޓޯބަރު 1988 ގައެވެ. ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުއާސަލާތީ ޚިދުމަތްދެމުން އަންނަތާ މިހާރު 32 އަހަރު ވެފައިވެއެވެ.