ޚަބަރު

ޝިރުކު ގެ އަޤީދާއަށް ތަހުނިޔާ ކިޔާ މީހަކީ އިސްލާމްދީނުގެ ޢަދުއްވެއް: ޝެއިޚް އިލްޔާސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަޞާރާއިން ގަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔާ މީހާއަކީ އިސްލާމްދީނުގެ ޢަދުއްވެއް ކަމަށް ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝެއިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލާހީ ވަޙީ ބަސްފުޅަށް ގޮން ޖަހާ ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލު އަޤީދާ ޤަބޫލުކޮށް އެކަމަށް ތާޢީދު ކުރާ ކަމުގެ ހެއްކެއް ކަމުގައެވެ.

"އަދި އެއީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާކަމަށް ވެވޭ އިއުތިރާފެއް. އެފަދަ މީހަކީ އިސްލާމްދީނުގެ އަދުއްވެއް" ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވި އިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިސްމަސް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާ ގައި ތަހުނިޔާ ފޮނުއްވާފައެވެ. އަދި އެކަމާ ގުޅިގެން ނަޝީދަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

Ads by HDC
  1. ނަޝީދު ރާއްޖޭގެ ހަލާކު؟؟