ހުޅުމާލޭ މަގުތަކުގައި އާ ބައްތި ހަރުކުރަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މަގު ބައްތިތައް ބަދަލުކޮށް އާ މަގުބައްތި ހަރުކުރަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެއީ ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ ސްޓްރީޓް ލައިޓް މާސްޓަ ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުތަކުގައި އިންދާފައިހުރި ބައެއް ގަސްތައް ކަނޑާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ ސްޓްރީޓް ލައިޓް މާސްޓާ ޕްލޭންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މަގުބައްތިތައް ބަަދަލުކޮށް އާ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެޗްޑީސީން އިން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާ ކޮށްފައެވެ.