ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކު ގެސްޓްހައުސް އަކަށް ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މިރޭ 19:43 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން 40 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންްވާ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ގެންގޮސްފައި ވަނީ ގެސްޓްހައުސްއެއް ގޮތުގައި މާލޭގައި ހިންގާ ތަނަކަށް ކަމަށް ވެސް ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ.
މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިމައްސަލައާ ގުޅޭ ވީޑިއޯ އެއް މިހާރު މީސްމީޑިއާ ގައި ވެސް ދައުރުވަމުން ދާއިރު، މައްސަލައިގައި ތުހުމަތުވާ ފަރާތާއި ސުވާލު ކުރުމަށް އެތަނުގައި ފުލުހުންގެ ބަޔަކު ވެސް ތިބި މަންޒަރު އެވީޑިއޯއިން ފެނެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތް އިނީ ހުސްގަޔާއެވެ.