ރިޕޯޓް އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ 2020: ގޮން ޖެހުން ބޮޑު ނަމަވެސް އާ ޚިދުމަތްތަކެއް ތައާރަފްކުރި ކާމިޔާބު އަހަރެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖެސް: ޝަމްވީލް

ރާއްޖޭގައި ދެވަނައަށް ޤާއިމުކުރި މުވާޞަލާތީ ކުންފުނި އުރީދޫގެ ޚިދުމަތްތައް ދިވެހިން ބަލައިގަންނަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި މުވާޞަލާތީ ޚިދުމަތަށް އުރީދޫން ގެނައި އިންގިލާބީ ބަދަލެވެ. މުވާޞަލާތުގެ އަސާސީ ޚިދުމަތް ކަމަށްވާ މޯބައިލްގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ދިނުން އެއް ބަޔަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ، ދިވެހިންގެ އަތްފޯރާ ފަށަށް އެ ޚިދުމަތުގެ އަގުތައް ތިރިކޮށްލީ 2005 ވަނަ އަހަރު މި ބިމަށް އުފަންވި އޭރުގެ ވަތަނިއްޔާއިންނެވެ.

Ads by STELCO

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްތައްދޭ އޮފީސްތައް ޤާއިމުކޮށް ، އިންޓަނެޓްގެ އަގަށާއި ޚިދުމަތަށް ވެސް ހެޔޮ ބަދަލެއް ގެނެސްދިން އުރީދޫއަކީ ދިވެހީންގެ އެންމެ މަގުބޫލު މުވާޞަލާތީ ކުންފުންޏެވެ. އަރަބި ލަފުޒެއް ކަމަށްވާ އުރީދޫގެ ތަރުޖަމާ ފަދައިން ގިނަ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީން ، ބޭނުން ވަނީ ހަމަ އުރީދޫ އެވެ. (ނޯޓް: އުރީދޫގެ މާނައަކީ "އަހަރެން ބޭނުން ވަނީ"އެވެ.)

އުރީދޫ ރާއްޖޭގައި ހޭދަ ކުރަމުންދާ 15 ވަނަ އަހަރަކީ އެތައް ގޮތަކުން އެ ކުންފުންޏަށް ގޮން ޖެހުން ބޮޑު އަހަރެކެވެ. މުޅި ދުނިޔެ އެ ބައްޔެއްގެ ނުރައްކަލާއި ވޭން ތަހައްމަލް ކުރަމުންދާ ކޮވިޑްގެ ޢާލަމީ ވަބާގެ ގޮންޖެހުންތައް އުރީދޫއަށް ވެސް ކުރިމަތިލާން ޖެހުނެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓި، އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން ބޮޑު އިންސައްތައެއް ކަމަށްވާ ފަތުރުވެރީންނަށް ބޯޑަރުތައް ބަންދުވުމުން އެ ކުންފުނީގެ އާމްދަނީ އެތައް ގުނައަކުން ދަށަށް ދިޔައެވެ. ނަމަވެސް ، މި ޙާލަތުގައި ވެސް އުރީދޫން ވަނީ އައު އެތައް ޚިދުމަތްތަކެއް ތަޢާރަފްކޮށް މި ގޮންޖެހުންތަކުން އަރައިގެންފައެވެ. ކުންފުނީގެ ޓެކްނިކަލް ޓީމް 3 މަސް ވަންދެން ކުންފުނީގެ މައި އޮފީހުގައި ބަންދުވެ ތިބެގެން ނަމަވެސް އެ ކުންފުނިން އިސްކަން ދިނީ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށެވެ.

އެ ކުންފުނީގެ ވޭތުވެދިޔަ އަހަރުގެ މައިގަނޑު ހަރަކާތްތަކާ ގުޅޭ ގޮތުން "ދެން" އިން އުރީދޫގެ ޓީމާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވީމެވެ.

އުރީދޫ މޯލްޑިވްސް އިން ތަޢާރަފު ކުރެވުނު 5ޖީ

މުޅި ދުނިޔެއަށް ވެސް އިންގިލާބެއް ގެނެސް ދިން 5ޖީ ނެޓްވޯކަކީ، އުރީދޫއިން 2018 ވަނަ އަހަރު މުޅިން އަލަށް ގަތަރުގައި ތައާރަފު ކުރެވިގެން ދިޔަ ނެޓްވޯކެކެވެ. މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނެސްދީފައިވާ 5ޖީ ނެޓްވޯކް، މިހާރު ރާއްޖެއަށް ތަޢާރަފް ކޮށްދީފައިވާއިރު، މި ޚިދުމަތް މިހާރު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ފޯރުކޮށްދީފައެވެ. ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާއި އާންމު ސަރަހައްދުތައް ހިމެނޭގޮތަށް އުރީދޫގެ މި ޚިދުމަތް ފަހި ކޮށްދީފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް އުރީދޫ 5ޖީ ނެޓްވޯކުގެ ޚިދުމަތް ފޯރުކޮށްދެވޭތޯ އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު "ދެން" އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އަލަށް ތައާރަފް ކުރެވުނު އުރީދޫ 5ޖީގެ ހިދުމަތާ އެކު ފައިބާ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި ވައިގެ ޒަރިއްޔާއިން އެތައް ގުނައަކަށް އިތުރު ސްޕީޑާ އެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތައް މުޖުތަމައުތަކަށް ލިބިގެންދާއިރު، އުރީދޫން 5ޖީ ޓެކްނޮލޮޖީއާ އެކު އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް ކުޑަވެގެން ދާނެކަމަށެވެ.

އުރިދޫ 5ޖީ އަކީ އުރީދޫގެ ޚިދުމަތް ހޯއްދަވާ ބޭފުޅުންގެ ތެރެއިން އިންޓަރނެޓު ބޭނުންފުޅު ކުރައްވާ ބޭފުޅުންނަށް ޚާއްސަކޮށް، އުރީދޫން ތަޢާރަފުކޮށްދިން ޚިދުމަތެއް ކަމަށާއި، އަވަސް އިންޓަރނެޓު ބޭނުންފުޅުވާ ބޭފުޅުންނަށް 5ޖީ އަކީ އެންމެ އެކަށޭނެ އެއް ޚިދުމަތްކަމަށް ވެސް ނިޔާޒު ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.

މާލެއަކީ އުސް އިމާރާތްތައް ގިނަ ތަނެއް ކަމުން މިހާރު މާލޭގައި ހަރުކުރެވިފައިވާ ބައެއް ޓަވަރުތަކުން ވެސް އެންމެ އެދެވޭ ފެންވަރަށް އުރީދޫ 5ޖީ ގެ ޚިދުމަތް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އުރީދޫގެ 5ޖީ ބޭނުންފުޅު ކުރައްވާ ބޭފުޅުންނަށް ފަސޭހަ ކަމާއެކު ލިބިގެން ދާނެ މަގު ފަހިކޮށްދެވޭތޯ އެ ކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

“މުޅި މާލޭ ގާތްގަނޑަކަށް 70 ޕަސަންޓު އެބަ ކަވާ ކުރެވޭ އަޅުގަނޑުމެނަށް. އަޅުގަނޑުމެން މިއަންނަ އަހަރަށް ވެސް ޕްލޭން ކޮށްފަ މިހުރީ . ދެން އަޅުގަނޑުމެން ކުރިން ވެސް 2ޖީ 3ޖީ 4ޖީ ވެސް ދިން ގޮތަށް މި ކުރަނީ މިކަންތައް. އެއީ 5ޖީ ޑިވައިސްތައް އަދި މާކެޓްގައި މަދުވީމަ.” ނިޔާޒު

ލޮކްޑައުން ގައި ދަރިވަރުންނާ ޓީޗަރުން ގުޅުވާލަދިނުން

މުޅި ދުނިޔެއަށް އައި ނުރައްކާތެރި ކޮވިޑު-19 ގެ ދަނޑިވަޅުގައި އުރީދޫން ދަރިވަރުންނާއި ޓީޗަރުން "ވާރޗުއަލް" ކޮށް ގުޅުވާލަ ދިނުމަށް އެކި ގޮތްގޮތުން ވަނީ އެހީތެރިވެ ދީފައެވެ. އެގޮތުން ކޮންމެ ކިޔަވާ ދަރިވަރަކަށް 5ޖީބީ ގެ ޑާޓާ އަދި ކޮންމެ ޓީޗަރަކަށް 10ޖީބީގެ ޑާޓާ ވަނީ ފޯރުކޮށްދީފައި ކަމަށާއި، މީގެއިތުރުން ވެސް ދަރިވަރުންނަށް ތަޢުލީމު ހާސިލުކުރުމުގައި އިތުރު ދަތިތަކާއި ދިމާ ނުވާނޭ ފަދަ ގޮތަކަށް ކަންކަން ކުރެވޭތޯ އެޑިއުކޭޝަން މިނިސްޓްރީއާއެކު އުރީދޫއިން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ނިޔާޒު ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.

“އަޅުގަނޑުމެން ސްޓޫޑެންޓުންނަށް 5ޖީބީ އަދި ޓީޗަރުންނަށް 10ޖީބީ، އެގޮތަށް ޑޭޓާ ދެވިގެން ދިޔަ. އަދި ސްކޫލުތަކުގެ ކިޔަވާ ކުދިންނާ ޓީޗަރުންނަށް ފަސޭހަ ވާނެ ގޮތަކަށް ވަކިން ޒޫމްއަށާ މައިކްރޯސޮފްޓަށާ ގޫގުލް ކްލާސް ރޫމަށް ވަދެވޭ ގޮތަށް ވަކި ޕެކޭޖުތަކެއް ހަދާފަ އެމީހުނަށް ދިނިން” ނިޔާޒު

ރާއްޖޭގައި އޮންލައިން މަންސަތައް ހޯސްޓް ކުރެވިފައި ނެތުމުގެ ސަބަބުން މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ގޫގުލްއާ ވެސް މަޝްވަރާ ކުރެވި މިފަދަ މަންސަތައް ރާއްޖޭގައި ހޯސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ އުރީދޫއިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންކަމަށް ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ކިޔެވުން ފެށިގެން ދާއިރު، އުރީދޫގެ ފަރާތުން ޓީޗަރުންނާއި ދަރިވަރުންނަށް އައު މަންސަތަކެއް ތައްޔާރުކޮށް ފޯރު ކޮށްދެވޭތޯ އެ ކުންފުނިން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ނިޔާޒު ވަނީ "ދެން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

“އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ވާހަކަ ދައްކަމުން މިދަނީ ރާއްޖޭގަ މިފަދަ އެއްޗެހި ހޯސްޓް ކުރެވޭނެ ގޮތަކާމެދު. ގޫގުލް އާވެސް މަޝްވަރާ ކުރިން ކިހިނެއްތޯ ރާއްޖޭގަ މިކަންތައް ކުރެވޭނީ.” ނިޔާޒު

 

ނިޔާޒު "ދެން" އަށް އިންޓަރވިއު ދެއްވަނީ / ދެން އިމޭޖެސް: ޝަމްވީލް

އުރީދޫ "އާޗާ" ޕެކޭޖު ތަޢާރަފު ކުރުން

އުރީދޫގެ ޚިދުމަތް ހޯއްދަވާ ބޭފުޅުންގެ ތެރެއިން ޕްރިޕެއިޑް ނަންބަރު ބޭނުންފުޅު ކުރައްވާ ބޭފުޅުން އަބަދު ރީޗާޖު ކުރަން ޖެހޭ ކަމަށް ޝަކުވާތަކެއް ލިބިގެން ދިއުމާއެކު އުރީދޫ މޯލްޑިވްސްއިން ތަޢާރަފް ކުރެވިގެން ދިޔަ "އާޗާ" ޕެކޭޖު ވަނީ އެފަދަ ބޭފުޅުންގެ ކަންބޮޑުވުން ތަކަށް ދާއިމީ ހައްލެއް ހޯދައިދީފައެވެ. އެގޮތުން ޕްރިޕެއިޑް ސެގްމެންޓަށް ޚާއްސަކޮށް ކުރިއަށް ގެންދާ މި ކެންޕޭނުގައި، އުރީދޫގެ އެންމެ ބޮޑު މަޤުސަދަކީ، އިންޓަރނެޓުގެ އަގު ދަށްކޮށް، އުރީދޫ ބޭނުންފުޅު ކުރައްވާ ބޭފުޅުންނަށް ފަހި ގޮތްތަކެއް ފޯރުކޮށްދިނުން ކަމަށް ނިޔާޒު ވިދާޅުވެފައިވެއެވެ.

“އާޗާ ޕެކޭޖު ތަޢާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން އެބަ އާދޭ އިންޓަނެޓު އަގު ހެޔޮކުރަން އެބަ ބޭނުންވޭ، ނެޓު ބޭނުން ކުރުމުގަ ފަސޭހަ ތަކެއް ބޭނުންވޭ. އެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ތައާރަފް ކުރި ޕެކޭޖެއް މި ޕެކޭޖަކީ. އެގޮތުން އާޗާ ކެމްޕޭނު އަޅުގަނޑުމެން ބޮޑަށް ފޯކަސް ކޮށްފަ އިންނާނީ ޕްރިޕެއިޑަށް.” ނިޔާޒު

މީގެ އިތުރުން އެންމެ ފުރަތަމަ އުރީދޫއިން ތަޢާރަފު ކުރެވިގެން ދިޔައީ "އާޗާ" ކޮމިޓްމެންޓް ޕްލޭން ތަކެއް ކަމަށާއި، 3 މަހަށާއި، 6 މަހަށް އަދި 12 މަހާ ހަމައަށް ބޭނުން ކުރެވިގެން ދާނެ ގޮތަށް އުރީދޫ އާޗާ ކޮމިޓްމެންޓް ޕްލޭން ވަނީ ތަޢާރަފް ކުރެވިފައިވާކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި އެއަށް ފަހު އާޗާ ޑެއިލީ 1ޖީބީ ގެ ނަމުގައި ޚިދުމަތެއް ތަޢާރަފް ކުރެވި، 500 ރުފިޔާއަށް 30ޖީބީ ގެ ޑޭޓާ ލިބޭ ގޮތަށް އެފުރުސަތު ވެސް ވަނީ އުރީދޫ ބޭނުންފުޅު ކުރައްވާ ބޭފުޅުންނަށް ފަހި ކޮށްދީފައި ވާއިރު، އުރީދޫ ހުރިހާ ނަންބަރަކަށް ވެސް ހިލޭ ގުޅޭނެ ގޮތް ވެސް މި ޕެކޭޖުގެ ދަށުން ވަނީ ފަހިކޮށްދީފައި ވާނޭ ކަމަށް ނިޔާޒު ފާހަގަ ކުރެއްވިއެވެ.

ލަންކާއާއި ހުޅުމާލެ ސަބްމެރިން ކޭބަލްއަކުން ގުޅާލެވުނު

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ޑޭޓާ ނެޓްވޯކެއްގެ ގޮތުގައި ނަން މަޝްހޫރު ނެޓްވޯކަކަށް ވާއިރު، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެޅިގެން ދިޔަ މި ކޭބަލްގެ ސަބަބުން، ރާއްޖެ އާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ވެގެން ދާނޭ ކަމަށާއި، މި ޕްރޮޖެކްޓަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށް ނިޔާޒު ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ. އަދި ހަމައެހެންމެ، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ފަހިވެގެން ދާނޭ ކަމަށް ވެސް ނިޔާޒު ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެންގެ ދެވަނަ ކޭބަލްއެއް އެޅުމުގެ މަގްސަދަކީ އަޅުގަނޑުމެންގެ ކުރީގެ ކޭބަލްއަށް މިހާރު ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވެދާނެ. ދެން 15 އަހަރު ކުރީގެ ޓެކްނޮލޮޖީއާ މިހާރު އަނެއްކާ އާ ޓެކްނޮލޮޖީއަށް ޑިމާންޑު ބޮޑުވެގެން ގޮސް އަޅުގަނޑުމެން މި އާ ކޭބަލްއެއް އެޅީ. މީގެ ސަބަބުން ލަންކާ މަގުން ދުނިޔޭގެ އެހެން ގައުމުތަކުގެ މެއިން ހަބްސް ތަކަށް ގުޅާލެވޭނެ” ނިޔާޒު

ކޮވިޑް-19ގެ ރާޅުގެ އަސަރު އުރީދޫއަށް ވެސް ކުރި

ކޮވިޑު-19 ގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދު ހީނަރުވެފައިވާއިރު، އުރީދޫއަށް ވެސް ވަނީ މިކަމުގެ ސަބަބުން އަސަރު ކޮށްފައެވެ. ރާއްޖޭގެ މައި ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ދަށަށް ދިއުމާއެކު އުރީދޫގެ ޢާމްދަނީ އަށް ވެސް ވަނީ މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އެގޮތުން އުރީދޫގެ ފަރާތުން އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭ އެތައް ރިސޯޓުތަކެއް މި ކޮވިޑު-19 ގެ ދަނޑިވަޅުގައި އުރީދޫއިން ޚިދުމަތް ހޯދުން މަޑުޖައްސައިލައިިފައިވާއިރު، ރާއްޖެއަންނަ ފަތުރުވެރިން މަދުވުމާއެކު ފަތުރުވެރިން އުރީދޫގެ ޚިދުމަތް ހޯދި މިންވަރު ވެސް ވަނީ އެތައް ގުނައަކަށް ދަށްވެފައެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާ ބަލައި ކަމުގައިވާނަމަ މިއަހަރު އުރީދޫގެ ސާފު ފައިދާގޮތުގައި ލިބުނު މިންވަރު ވަނީ 53 އިންސައްތަ ދަށްވެފައި ކަމަށާއި، މިއަހަރު އުރިދޫގެ ސާފު ފައިދާ ގޮތުގައި ދަށްވި އިންސައްތައަކީ ފަތުރުވެރިންނާ ގުޅޭ "ރެވެނިއު" ދަށްވެފައިވާ މިންވަރު ކަމަށް ނިޔާޒު ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ކޮވިޑު-19ގެ މި ދަނޑިވަޅުގައި ވެސް އުރީދޫގެ ޚިދުމަތް ހޯއްދެވި ރާއްޖޭގެ ރައްޔިތުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، އުރީދޫއިން ކޮވިޑު-19 ގެ ދުވަސްތަކަށް ޚާއްސަކޮށް ދިވެހި ރައްޔިތުންނަށް ޑިސްކައުންޓް ފޯރުކޮށްދީ ޚިދުމަތް ހޯދުމުގައި ފަސޭހަކަމާއި ފަހި ގޮތްތައް ހޯދައިދީފަ ވާނެ ކަމަށް ވެސް ނިޔާޒު ވަނީ ވިދާޅުވެފައެވެ.

އުރީދޫ ސުޕަރ ނެޓް

އުރީދޫ ސުޕަރ ނެޓަކީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭ ހިދުމަތެކެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް ވެސް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. މިއީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާ ފުރުސަތުތައް ހޯދައި ދިނުމަށް އުރީދޫއިން ކޮށްފައިވާ ވަރަށް ވެސް ފުރިހަމަ މަސައްކަތެކެވެ.

މިކަމާ ގުޅޮގެން ނިޔާޒު ވިދާޅުވެފައިވަނީ އުރީދޫ ސުޕަރ ނެޓުގެ ޚިދުމަތް ރާއްޖޭގެ 26 ރަށަކަށް ދެވިފައިވާއިރު، ކޮވިޑު-19 ގެ މި ދަނޑިވަޅުގައި ވެސް ރާއްޖޭގެ އިތުރު 5 ރަށަކަށް މިއަހަރު ސުޕަރ ނެޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އުރީދޫ ބޭނުންފުޅު ކުރައްވާ ގިނަ ބައެއްގެ ތެރޭގައި މަޤުބޫލު ވެފައިވާ ސުޕަރ ނެޓުގެ ޚިދުމަތަކީ، ބޭނުން ކުރައްވާ ބޭފުޅުންނަށް ފަސޭހަ ވާނޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޒަމާނީ ޓެކްނޮލޮޖީއެކެވެ. މިއަދު މާލޭގައި ވެސް ސުޕަރ ނެޓު ހަރުކޮށްފައި ނުވާ ގެއެއް މަދުވުމަކީ ވެސް މި ޚިދުމަތް ހޯދުމުގައި ދިވެހި ރައްޔިތުންގެ މަޤުބޫލުކަން ލިބިފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.

އުރީދޫ އެމްފައިސާ އަށް ގިނަ ބައެއްގެ ތަރުހީބެއް

އެމްފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ. ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ ގޮތުން އުރީދޫއިން ތައާރަފު ކުރި ޑިޖިޓަލް ވޮލެޓެކެވެ.

ކޮވިޑު-19 އާއި ގުޅިގެން ފައިސާގެ މުއާމަލާތް މަދުކުރުމަށް ސަރުކާރުން ބާރުއަޅައިފައިވާ މިފަދަ ދުވަސްވަރެއްގައި އުރީދޫގެ ފަރާތުން ތަޢާރަފް ކޮށްފައިވާ "އުރީދޫ އެމްފައިސާ" އަކީ ދިވެހިންނަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވަނީ ވެފައެވެ. އެގޮތުން ނިޔާޒު "ދެން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، އެދުވަސްވަރު އުރީދޫ އެމްފައިސާ ބޭނުންކޮށްފައިވާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވުމަކީ އެކަން އަންގައިދޭ ހެއްކެއް ކަމަށެވެ.

މި ހިދުމަތަކީ އުރީދޫގެ ކަސްޓަމަރުންގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތަކަށްވާއިރު، އުރީދޫގެ އެމްފައިސާގެ ޚިދުމަތް ހޯއްދަވާ ކޮންމެ ބޭފުޅެއްގެ ވެސް ޝަކުވާތައް، އެހާމެ ގާތުން ބެއްލެވުމަށް ފަހުގައި، އެކަމަށް ދާއިމީ ހައްލު ހޯދައިދީ އެކަމުގައި ރައްޔިތުންނަށް އެމްފައިސާއާއި ދޭތެރޭ އޮތް ޔަގީންކަން އުރީދޫއިން ދެމެހެއްޓުމަށް ޓަކައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ކަމަށް ވެސް ނިޔާޒު ވަނީ ވިދާޅުވެފައެވެ.

އުރީދޫ ވަރޗުއަލް ރަން، ވަރަށް ތަފާތު

އުރީދޫ ވަރޗުއަލް ރަންއަކީ ދިވެހިންނާ އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި އުރީދޫއިން  ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރެއިން ހާއްސަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޯޑު ވަރޗުއަލް ހަރަކާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، ރާއްޖޭން ބޭރުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ބޭރު މީހުންނަށް ވެެސް މި ޚާއްސަ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ވަނީ ހަމަޖައްސައިދީފައެވެ.

“ލޮކްޑައުންއަށް ފަހު ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ އިވެންޓު މިއީ. ކަލާ ރަންއަށް ވުރެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ރަންއަށް. 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވި. އެއީ ރާއްޖެއިން ބޭރުން ވެސް ބައެއް ދިވެހިންނާ ބޭރުމީހުން ވެސް ބައިވެރިވެގެން.” ނިޔާޒު

އުރީދޫގެ މައިގަނޑު މަޤުސަދަކަށްވީ މި ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ އުރީދޫގެ 15 އަހަރުގެ ކާމިޔާބީ އެންމެހާ ރައްޔިތުންނާއެކު ފާހަގަކުރުން ކަމަށާއި، އަދި ހަމައެހެންމެ ކޮވިޑު-19 ގެ ސަބަބުން މުޅި މާލެ ލޮކްޑައުން ކޮށްފައި ވީއިރު ކޮންމެ އަހަރަކު ވެސް އުރީދޫގެ ފަރާތުން ބާއްވަމުން ގެންދާ އުރީދޫ ކަލަރ ރަން ގެ ބަދަލުގައި ވަރޗުއަލް ރަން ބޭއްވީ ވެސް ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ގެއްލުވާލިޔަ ނުދީ ދެމެހެއްޓުމުގެ މަޤުސަދުގައި ކަމަށް ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

ފޯރިގަދަ މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، މި ހަރާކާތް ވަނީ ކާމިޔާބު ކަމާއެކު ނިންމާލެވިފައެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ ވަރޗުއަލް ރަންތައް ބޭއްވުމަށް ގިނަ ރައްޔިތުންގެ ޚިޔާލު ލިބުމާއެކު މި ހަރަކާތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް އުރީދޫއިން ނިންމާފައިވާނެ ކަމަށް ނިޔާޒު ވިދާޅުވެފައިވެއެވެ.

އުރީދޫ "މޫލީ" ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ޕްލެޓްފޯމެއް

2019 ވަނަ އަހަރު އުރީދޫއިން އަލަށް ތަޢާރަފު ކުރެވުނު މޫލީ ޕްލެޓްފޯމަކީ ރާއްޖޭގެ އީކޮމާސް ވަރުގަދަ ކުރުމުގެ މަޤުސަދުގައި އުރީދޫއިން ތަޢާރަފު ކުރެވުނު އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ އަލަށް ވިޔަފާރި ފަށާ ބޭފުޅުންނަށް ފައިދާ ވާނޭ ގޮތަށް ފަރުމާ ކުރެވި، އުރީދޫއާ ގުޅިގެން އެ ވިޔަފާރިތަކުން ވިއްކާ މުދާ މޫލީ ބޭނުންކޮށްގެން ވިއްކާލެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މޫލީ ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބިގެން ދިއުމުގެ އިތުރުން، ތިން ދުވަސްތެރޭގައި ގެއަށް ޑެލިވަރީ ކޮށްދިނުމާއި ގަންނަ މުދަލާ މެދު ހިތްހަމަ ނުޖެހޭ ކަމުގައި ވާނަމަ އެ ރިޓާން ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެގޮތުން ނިޔާޒު "ދެން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ކޮވިޑު-19 ގެ މި ބިރުވެރި ދުވަސްވަރު ވެސް މޫލީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ގޭގެއަށް ގޮސް ޑެލިވާ ނުކުރެވޭ މައްސަލަކަމަށާއި، މިހާރު ވެސް ރާއްޖޭގެ ރަށްތަކަށް މޫލީ ބޭނުންކޮށް ގަންނަ މުދާ ފޯރުކޮށްދިނުމުގައި އެތައް ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެބޭފުޅުންގެ ޓީމުން ހިތްވަރާއެކު މަސައްކަތް ކުރަނީ އެކަމަށް ވެސް ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދީ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ފަހި ގޮތްތަކެއް ހޯދައިދެވޭތޯ ކަމަށެވެ.

ލޮކްޑައުންގައި، އުރީދޫގެ މަސައްކަތްތައް

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދުނިޔަވީ ވަބާ ކަމުގައިވާ ކޮވިޑު-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ކުރެވިގެން ދިޔައެވެ. މި ދަނޑިވަޅުގައި އުރީދޫއިން ވަނީ ފަސްޖެހުމެއް ނެތި ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. ކޮންމެ ދަތިކަމަކީ ވެސް "ޗެލެންޖެއް" ކަމަށް ދެކި ހުރިހާ ގޮންޖެހުންތަކަކާ ވެސް ކެރިގެން ކުރިމަތި ލިއެވެ.

“ވަރަށް ބުރަކޮށް މި ދިޔައީ މިދުވަސްތައް. ދިމާވި ކޮންމެ ކަމެއް ވެސް ހަމަ އެއީ ކުރިމަތިވި ޗެލެންޖެއް ކަމަށް ދެކިގެން ކުރިއަށް ދިޔައީ. ހަމަ އަނެއްކާ ވެސް ފަހަތަށް ނުޖެހި ކުރިއަށް ދާނީއޭ ހިތާ ކުރިއަށް ދިޔައީ” ނިޔާޒު

ރާއްޖެ ޑިޖިޓަލް ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން ފެށުމާއެކު އުރީދޫ އިން ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ޚިދުމަތް ލިބިގަތުމުގައި އެއްވެސް ރައްޔިތަކަށް ދަތިތަކަކާ ކުރިމަތިލާން ނުޖެހި ޚިދުމަތް ލިބުމަކީ އުރީދޫގެ މައިގަނޑު މަޤުސަދެވެ. އަދި އެކަން އުރީދޫއިން ވަނީ ފުރިހަމައަށް ކޮށްދީފައިވާއިރު، ބައެއް ސްޓާފުން ގޭގައި ތިބެގެން ވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަގުތު ހޭދަ ކޮށް، އުރީދޫގެ ޓެކްނިކަލް ޓީމުން އޮފީސް ތެރޭގައި 3 މަސް ވަންދެން މަޑުކޮށްފައިވާކަމަށް ނިޔާޒު ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.

“ކޮވިޑަށް ފަހު އެފަދަ އެހެން ހާލަތެއް އަނެއްކާ ވެސް އުރީދޫއަށް ކުރިމަތިވީ. އެއީ އުރީދޫ ހެޑްއޮފީހުގަ އަލިފާން ރޯވުން. އިމޯޝަނަލީ އަނެއްކާވެސް ލިބުނު ވެގެން ދިޔައީ އެކަންތައް. ގެއްލުމަށް ވުރެ ބޮޑަށް ވަރަށް ބޮޑު ދެރައެއް ދޯ އެއީ އަސްލު.” ނިޔާޒު

އަދި ހަމައެހެންމެ ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އުރީދޫ މައި އޮފީހުގައި އަލިފާން ރޯވެ އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވީނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ އެއްވެސް ޚިދުމަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމެވެ. މުޅި ޓީމުގެ އެއްބައިވަންތަކަމާއި މިންނެތް މަސައްކަތުން އެފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ވެސް ދެމި ތިބީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައެވެ. ނަފްސާނީ ގޮތުން އެތައް އަސަރެއް ކުރި ނަމަވެސް ޓީމުން މަސައްކަތް ކުރަމުން ދިޔައީ ހިތްވަރާއެކީގައެވެ. ކޮވިޑު-19 ފަދަ ބިރުވެރި ދުވަސްވަރެއްގައި މިފަދަ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އުރީދޫ ޓީމުން އެކަންކަމާ ކުރިމަތިލީ ކެރިތިބެ ފުރިހަމަ ނަމޫނާ ދައްކަމުންނެވެ.

Ads by Allied Insurance
  1. ހުސެއިން

    ވަރަށް ފުރިހަމަ ރިޕޯޓެއް

  2. ނަންބެ

    އުރީދޫ ހަމަ އެއްވަނަ، އަދި އިންޓަނެޓް އަވަސްކޮށްލަނިކޮށް ހަބޭސްވާނެ އިނގޭ

  3. އަަލީހަސަން6

    ފައިބަ އިންޓަނެޓް އަގުހެޔޮ ކުރަން އެބަޖެހޭ