ފަރިހެދިގެން ކާން ދާނަމަ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ ފުރުސަތު ބޮޑު: ދިރާސާ

ކާން ދާއިރު، ފަރި ހެދިގެން ދާނަމަ ސިއްހަތަށް ފައިދާހުރި ކާނާ ކާހިތްވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ރަސްމީ ހެދުމުގައި ކާން ދިއުމާއި ޖީންސާއި ޓީޝާޓު ލައިގެން ކާން ދިއުމާ ހުރި ތަފާތުތައް ދެނެގަތުމަށް ކުރި ގިނަ ދިރާސާތަކެއްގެ މައްޗަށެވެ.
ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ރަސްމީކޮށް ހެދުން އަޅައިގެން ކާން ދިއުމަކީ އެކަމުގެ ސަބަބުން އެހެން މީހުން ތިމާ އާ ދޭތެރޭ ދެކިދާނެ ގޮތަކަށް ވިސްނާނެ ސަބަބެކެވެ. އަދި މިގޮތުން އިމްޕްރެޝަން ރަނގަޅު ކުރުމުގެ ގޮތުން ސިއްހަތަށް ގެއްލުން ހުރި ބާރގާ ފަދަ އެއްޗަކަށް ވުރެ ފައިދާހުރި ސެލެޑެއް އޯޑަރު ދިނުމުގެ ފުރުސަތު ބޮޑުވެއެެވެ.
ޖާނަލް އޮފް ބިޒިނަސް ރިސާޗުގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި ކެޝުއަލް ނުވަތަ އާދައިގެ ހެދުމުގައި ކާން ދާނަމަ އެކަމުގެ ސަބަބުން މީހާ ބޮޑަށް ހިތްހަމަޖެހި އަރާމުކަން އިހުސާސްވެ، ސިއްހަތަށް ނުރަނގަޅު ކާނާ ކާ ހިތްވާލެއް ބޮޑުވެއެވެ.