ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް

ތުރުކީ އަށް 5.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައި ސަރަހައްދަށް މިދިޔަ އޮކްޓޯބަރު މަހު ވެސް ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. އަޖިއަން ކަނޑަށް އެރި 7.0 މެގްނިޓިއުޑްގެ އެ ބިންހެލުމުގެ 116 މީހުން މަރުވެފައި ވެއެވެ.
މިއަދުގެ ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އެލަޒިކް ސިޓީއަށެވެ. ބިންހެލުމުގެ އަސަރު ކައިރި އެހެން ސިޓީތަކަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާ ގުޅިގެން ތުކުރީގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޮއިލު ކުރެއްވި ޓްވީޓުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް ގެއްލުމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.