ޚަބަރު

ކައިވެނި ޕާޓީ ކްލަސްޓާ: ފައްސިވީ މީހުންގެ އަދަދު 41 އަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ހަފްލާގައި ބައިވެރިވެގެން ކޮވިޑް-19 އަށް ފައްސިވީމީހުންގެ އަދަދު 41 އަށް އަރައިފިއެވެ.

Ads by Hajj Corporation

މި ކްލަސްޓާގައި އެންމެ ފުރަތަމަ ފައްސިވެފައިވަނީ 35 މީހުންނެވެ. ނަމަވެސް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ.

އެޗްޕީއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މި ކްލަސްޓާގައި ފުރަތަމަ މީހަކު ފައްސިވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި ޖެހިގެން އައި ދުވަހު އިތުރު 12 މީހުން ފައްސިވެފައިވާ ކަމަށެވެ. އަދި 26 ވަނަ ދުވަހު 21 މީހުން 27 ވަނަ ދުވަހު އަށް މީހުން ފައްސިވި ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ފައްސިވި މީހުންގެ އިތުރުން 116 ކޮންޓެކްޓުން މިހާތަނަށް ސިސްޓަމަށް އެންޓާ ކުރެވިފައިވާ އަދިވެސް އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހައިރިސްކް ހަތަރު މީހުން މިވަނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނިފައި. އަދިވެސް އަޅުގަނޑުމެން ސާމްޕަލް ނެގުމާއި އިތުރު ކޮންޓެކްޓުން ހޯދުމުގެ މަސައްކަތްތައް މިދަނީ ކުރިއަށް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކައިވެނި ޕާޓީއަށް ދިޔަ އެއްވެސް މީހަކަށް އެޗްޕީއޭ އިން މިހާތަނަށް ގުޅާފައި ނުވާނަމަ އެޗްޕީއޭގެ ހޮޓްލައިން 1676 ނަމްބަރު ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!