ދުނިޔެ

ބޯޑަރު ބަންދުކުރުމުން، އުމްރާވެރިންގެ ހުރިހާ ހަރަދެއް ސަރުކާރުން ނަގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅިގެން، ސައުދީ އަރަބިއާގެ ބޯޑަރުތައް ބަންދުކުރަން ނިންމި ނިންމުމާއެކު އެގައުމުގައި ތާށިވި އުމްރާވެރިންގެ ހުރިހާ ހަރަދެއް ސައުދީ ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފިއެވެ.

Ads by Sosun Fihaara

ބޯޑަރު ބަންދުކުރި ކުރުން، ސައުދީ ސަރުކާރުން ވަނީ ކުރުން އިތުރު އެއް ހަފްތާއަށް ދަންމާލާފައެވެ.

ބޯޑަރު ބަންދު ކުރުމާއެކު އެގައުމުގައި 300 އެއްހާ އުމްރާވެރިން ވަނީ އެނބުރި ގައުމަށް ނުދެވި ތާށިވެފައެވެ. މި މީހުން އެނބުރި ފޮނުވާލުމުގެ މަސައްކަތް ސައުދީން ކުރަމުން އަންނައިރު، ސައުދީ ސަރުކާރުން ވަނީ އުމްރާވެރިންގެ ހުރިހާ ޒިންމާއެއް ނަގާފައެވެ.

އެގޮތުން ކެއުން ބުއިމާއި އެމީހުން ތިބުމުގެ އިންތިޒާމުތައް ވެސް އެމީހުން ގެނައި ޖަމާއަތްތަކާއި ގުޅިގެން ކުރަމުން ދާނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއެކު އެޤައުމަށް މިމަހުގެ 8 ވަނަދުވަހުގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ދެ ހަފްތާ ފަހުން ޓެސްޓު ކުރާނެ ކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!