ހައިވޭގައި އެއް ވަގުތެއްގައި ދެ އެކްސިޑެންޓު ހިނގައިފި

މާލެއިން ހުޅުމާލެ އަށް ދާން އޮންނަ ދެ ލޭން ހައިވޭގައި އެމްބިއުލޭންސަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން ހުޅުމާލެ އަށް ދާން އޮންނަ ދެ ލޭން ހައިވޭ (އެމްއެންޑީއެފް ޕޯސްޓާއި ހިސާބުގައި) އެމްބިއުލޭންސަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 20:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ އެމްބިއުލޭންސެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ. ނަމަވެސް ދެ އުޅަނދަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެމްބިއުލޭންސަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު، މިއެކްސިޑެންޓު ހިނގި ސަރަޙައްދާއި 200 ވަރަކަށް ފޫޓު ދުރުގައި އެއްކޮޅަށް ދުއްވާފައި ދިޔަ ތިން ކާރަކާއި ޕިކަޕެއް ޖެހިގެން ވެސް ހަމަ އެވަގުތު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެކްސިޑެންޓުގައި ހަތަރު އުޅަނދަށް ވެސް ގެއްލުން ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މި ދެ އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އުޅަނދެއް ވެސް ދުއްވާފައި ވަނީ އެކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.
ފުލުހުން ވިދާޅުވީ މި ދެ އެކްސިޑެންޓުގައި ގުޅުމެއް ނެތް ކަަމަށެވެ.