ޤިޔާމަތް ދުވަހުގައި ސުވާލު ނުކުރެވޭނެ އެކަކީ ހިލޭ ފިރިހެނުންނަށް ފަރި ދައްކަމުން، ޒިނޭ ކުރުމަށް އެދުންވެރި ކުރުވާ އަނބިމީހާ!
ހެޔޮލަފާ ޞާލިޙް އަނބިންނަކީ ﷲ ތަޢާލާ މަތިވެރިކަން ދެއްވާ ބައެކެވެ. އެފަދަ އަނބީންނަށް ލިބިފައިވާ ހެޔޮ ނަސީބާއި މަތިވެރިކަމުގެ ވާހަކަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވެއެވެ.
އަބޫ ޙުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވިއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އަންހެނަކު ފަރުޟު ފަސް ނަމާދު އަދާކޮށް ، ރަމަޟާންމަހުގެ ރޯދަ ފުރިހަމަ ގޮތުގައި ހިފައި ، ޢިއްފަތްތެރިކަމާއެކު އޭނާގެ ޢައުރައަށް ރައްކާތެރިވެ އަދި އޭނާގެ ފިރިމީހާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެއްޖެ މީހާއަށް (ޤިޔާމަތް ދުވަހުގައި) ބުނެވޭނެއެވެ. "ކަނބުލޭގެ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަންނާށެވެ!"'
ހަމަ މިފަދައިން ފިރިމީހާއަށް ނުކިޔަމަންތެރިވުމާއި އޭނާ ރުޅި އެރުވުމާއި ފިރިމީހާގެ ޙައްގުތަކަށް އިހާނެތިކޮށް ހިތުމަކީ އެކަމުގެ ނުބައިކަން އިންތިހާއަށް އިތުރުވެގެންވާ ކަމެކެވެ.
ފުޟާލާ ބުނު ޢުބައިދު ރަޟިއަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
''(އެމީހުންގެ ފާފައިގެ ނުބައިކަމުން) އެމީހުންނާމެދު ސުވާލު ނުކުރެވޭނޭ ތިން މީހަކު ގިޔާމަތް ދުވަހުގައި ވެއެވެ. ފުރަތަމައީ ، ޖަމާޢަތުން ވަކިވެގަންނަ މީހާއެވެ. (އިސްލާމީ ގައުމުގެ) ވެރިޔާއަށް ނުވަތަ ޚަލީފާއަށް ނުކިޔަމަންތެރިވާ މީހާއެވެ. އަދި ނުކިޔަމަންތެރި ކަމާއެކުގައި މަރުވެގެން ދާމީހާއެވެ. ފަހެ އޭނާއާ މެދުގައި ސުވާލު ނުކުރެވޭނެއެވެ.
ދެވަނަ މީހަކީ އޭނާގެ ސާހިބުމީހާގެ ގާތުން ފިލައިގެންދާ އަންހެނާ ނުވަތަ ފިރިހެން އަޅުމީހާއެވެ.
ތިންވަނައީ އަންހެނާ އޭނާގެ ފިރިމީހާ ރަށުގައި ނެތިފައި އޭނާއަށް ދިރިއުޅުމުގެ ޚަރަދުތައް ހޯދައިދީ ދިރިއުޅުމުގެ މަގުތައް ފަހިކޮށްދީފައި ވާހިނދު ޒީނަތްތެރިވެ އެހެން މީހުންނަށް ފަރި ދައްކަމުން ( ހިލޭ ފިރިހެނުންނަށް ޒިނޭ ކުރުމަށް އެދުންވެރި ކުރުވަމުން) މިނިވަންކަމާއެކު ފާހިޝްކަންތައްތަކަށް އަރައިގަންނަމުން ފިރިމީހާއާ ވަކިން ހިނގާ މީހާއެވެ. ފަހެ އެބައިމީހުންނާ މެދުގައި ސުވާލު ނުކުރެވޭނެއެވެ." އަލްބުޚާރީ ،އަދަބުލްމުފުރަދު 590
ވިސްނާލުން ހުއްޓެވެ. ކަމުގެ ނުބައިކަމާއި ބިރުވެރިކަން ހިތަށް ގެންނަވާށެވެ. ނަފްސުގެ ހިސާބު ދޭން ޖެހޭ ދުވަހު ، އަދި ކާއިނާތުގެ ވެރި އިލާހުގެ ފައިސިލާއާ ކުރިމަތި ލާންޖެހޭ ދުވަހު ރައްކާތެރިކަން ލިބޭ ހުށީ އެއިލާހު ރުއްސަވާ އަޅުތަކުންގެ ތެރެއިން ވެގެންނެވެ. ވީއިރު އިސްވެ ބަޔާންކުރި ޙަދީޘާމެދު ހުރިހާ އުޚުތުން ވެސް ފުންކޮށް ވިސްނުން ހުއްޓެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘް ކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އެމީހެއްގެ ފިރިމީހާއަށް ޝުކުރުވެރި ނުވާ އަންހެނާއަށް މާތްﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. އަދި އެކަމަކީ އޭނާގެ ފިރިމީހާއާ ނުލާ ނުކުރެވޭނޭ ކަމެކެވެ." ސިލްސިލަތުލް އަޙާދީޘް އައްސަޙީޙް 289
ކައިވެންޏެއް ބާއްޖަވެރިކޮށް އުފާވެރި ދިރިއުޅުމެއް ލިބުން ހުރީ ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވެގެންނެވެ. ރުޅިއާ ނަފްރަތުގެ ބަދަލުގައި ކުލުނާއި ލޯތްބަށް އިސްކަން ދީގެންނެވެ. އަމުދުން ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އާޚިރަތުގެ ފަލާޙާ ކާމިޔާބު ހޯދަން އެދޭނަމަ ދެމަފިރީން އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވެ އެ ޙައްޤުތައް އަދާ ކުރުމުގައި ފަރުވާތެރިވުން ހުއްޓެވެ. ފަހެ، އެއީ ސުވާލު ވެވޭނެ ، ހިސާބު ބެއްލެވޭނެ ކަންކަމެވެ.
ފިރިމީހާއަށްތެދުވެރިކަމާ ވަފާތެރިކަމާއެކު ފިރިމީހާގެމުދަލާހައްގުތަކަށްރަށްކާތެރިވެ ކުރަންޖެހުނުކޮންމެކަމެއްވީއެންމެރަނގަޅަކަށްކޮށްދީހަދާއިރު ފިރިމީހާހިލޭއަންހެނުންނަށްޚަރަދުކޮށް އަނބިމީހާއަށްނުބާވާގާތްކަމާގުޅުން އެމީހުންނަށްބާވާކަންއެނގުމުން ފިރިމީހާގެމަށްޗަށްހިތުގައިނަފްރަތުއުފެދެއެވެ . އެފަދަހާލަތުގައިވެސް މާތްރަސްކަލާންގެކިބައަށް ކެތްތެރިވެ ހަމްދުކޮށްޝުކުރުކޮށްލަމެވެ . މިދުނިޔޭގެއުފަލަށްވުރެ އާޚިރަތުގެބާއްޖަވެރިކަންއެދިއެވެ .
ސާބަހޭ ފާތިމަތޫ.. ފަހުން އަދި ރަނގަޅުވާނެ..
ތިއީ ފާތިމަތުގެ ފިރިމީހާގެ މައިންބަފައިން ދިން ތަރުބިއްޔަތު. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.
ފިރިމާހާ ތިގޮތަށް އުޅޭނަމަ ރަނގަޅީ ވަރިޔަށް އެދުމެވެ.
ޙިލޭ އަންހެނުންނާ ގުޅުން ހިންގާ ފިރިންނަށް ނެތްތަ ހުކުމެއް؟
ހަމަ އެކަނި އަންހެނުންދޯ ކިޔަމަން ވާން މިޖެހެނީ.ތާ އަބަދު ހިލޭ އަންހެނުން ގާތު ތިމާ އަނބިމީހާގެ ވާހަކަ ދައްކަމުން ހިލޭ އަންހެނުންނާ ގުޅުން ބާއްވަމުން ދުވާއިރުވެސް ފިރިމީހާވީމަ ކިޔަމަން ވާންޖެހޭތޯ؟