ޚަބަރު

ހިޔާ މަޝްރޫއު: ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތުދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ މަޝްރޫއުން ފްލެޓަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް މި ސަރުކާރުގެ ފްލެޓް ކޮމިޓީން ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ މެދު މައްސަލައެއް އޮތް ނަމަ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް https://hcp.presidency.gov.mv/ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. މިގޮތަށް ހަމަޖެއްސީ ކޮމިޓީން ބުނިގޮތުގައި ހުރިހާ އެންމެންނަށް ޝަކުވާ ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު ދިނުމަށާއި އިންސާފުވެރިކަމާ އެކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

ފްލެޓް ކޮމިޓީއިން ވިދާޅުވެފައި ވަނީ މިހާރު ޕޮއިންޓް ދޭއިރު، ކުރިއާ އަޅާބަލާއިރު މިހާރު ޕޮއިންޓް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވެނީ ހުރިހާ އެންމެނަށް ހަމަހަމަ ގޮތެއްގައި އެންމެ އިންސާފުވެރިކޮށް ކަމަށް އެކޮމިޓީއިން ގަބޫލުކުރާ ކަމަށެވެ.

ފުލެޓް ކޮމިޓީން ބުނީ އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ހަމަހަމަކަމާ އެކު ޕޮއިންޓް ދިނުމަށް މިންގަނޑެއް ކަނޑައެޅުން ކަމަށާއި އެމިންގަނޑުގެ ދަށުން ހުރިހާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގެ ގޮތުން ވަކިން ވަކިން ކޮންމެ މީހެއްގެ ގެޔަށް ފްލެޓް ކޮމިޓީއިން ޒިޔާރަތްކޮށް ހާލަތު ބަލާފައިވާ ކަމަށެވެ.

ފްލެޓް ކޮމިޓީން ވެސް މިއަދު ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު، ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި ފަހުން އާއްމު ކޮށްފައި ވާތީ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!