ރިޕޯޓް އެޑްވަޓޯރިއަލް ވިޔަފާރި

ކޮވިޑާއެކުވެސް މާލެ ސާފުކޮށް ބެލެހެއްޓި ވެމްކޯގެ މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް!

    • ވެމްކޯގެ މަސައްކަތަށް ޝުކުރު ހައްގު
    • އެންމެ ހައިރިސްކް ދުވަސްވަރުގައިވެސް މުވައްޒަފުން ކެރިގެން ކުރިޔަށްދިޔަ
    • ހީވާގި މުރާލި މުވައްޒަފުން، ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލު
ރައުފާ ރަޝީދު ، ދެން އޮންލައިން
ވެމްކޯ، wamco
ވެމްކޯގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެއްވަނީ. ދެން އިމޭޖްސް: ރައުފާ ރަޝީދު

ކުނީގެ މައްސަލައަކީ ރާއްޖެގެ ވެރިރަށް މާލޭއަށް ޒަމާނުއްސުރެ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ކުނި ރަނގަޅު ގޮތުގައި ނައްތާނުލެވީ މާލޭގެ އެކި ތަންތަނުގައި ކުނި ގިނަވެ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ދުވަހު ކުށްޔަށް ބިދޭސީ މަސައްކަތު މީހުން ލައްވާ ކުނި އުކުމަކީ އާންމު ކަމަކަށް އޭރު ވަނީ ވެފައެވެ. މަގުތަކުގެ އިތުރުން ގޯޅިގަތުގެ ކަންމަތީގައި އަދި މިނޫންވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ކޮތަޅު ބެހެއްޓުމަކީ އާންމު ކަމެކެވެ. ކުނީގެ މައްސަލަތަށް ގިނަވެ، މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުންވެސް ވަރަށް ގިނަ ކަންތައްތައް ކޮށްފައިވެއެވެ.

Ads by MWSC

މީގެ ތެރެއިން ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ކުނި މެނޭޖް ކުރާނެ ގޮތް ތަކެއް ހޯދުމެވެ. އެގޮތުން ރާއްޖޭގެ ކުނި މެނެޖްކުރުމަށް ކުރެވެމުންދާ މަސައްކަތުން ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އުފެއްދުމެވެ. ސަރުކާރު ހިއްސާވާގޮތަށް އުފެއްދި ވެމްކޯގެ ބޭނުމަކީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް ކުރުމެވެ.

ވެމްކޯ ގެ މަސައްކަތްތައް ފެށި ކުރިން ކާރޫބާރު ބޮޑު މާލެއިން ނުފެންނަ ގިނަ މަންޒަރުތައް ފެންނަމުން ދިޔައެވެ. ވަކި ގަޑި ތަކަކަށް ބަހާލައިގެން މާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގަމުން ގެންދިޔައީ ވެމްކޯގެ ހީވާގި މުވައްޒަފުންނެވެ. މާލޭގެ ކުނީގެ މައްސަލައަށް ކުޑަނަމަވެސް ހައްލެއް އައެވެ. ރަނގަޅު ގޮތުގައި ކުނި ނައްތާލަން ފެށުނެވެ.

ވެމްކޯގެ މަސައްކަތަށް ޝުކުރު ހައްގު


ކުނި ގޮނޑެއްގެ ގޮތުގައި ސިފަވަމުން ދިޔަ މާލެ، ކުނބުނިން ސަލާމަތްކޮށްދިނީ ވެމްކޯއިންނެވެ. އެ ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ވެށި ފާރަވެރިންގެ ގޮތުގައި ދަންވަރު މުޅި މާލެ ސާފުކޮށްލަނީ ދިވެހި ހީވާގި ކަނބަލުންނެވެ. އާންމު ރައްޔިތުން އުފައްދާ ކުނި ސާފު ކުރުމުގައި އަވަދިނެތި އެއުޅޭ ކަނބަލުންނަށާއި މަސައްކަތުގެ މުވައްޒަފުން އެ ކުރާ މަސައްކަތަށް ޝުކުރު ހައްގެވެ. މި އަހަރަކީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު އަހަރެއްކަމުން އެކަމުގެ އަސަރު ވެމްކޯއަށްވެސް ވަނީ އެކި ގޮތް ގޮތުން ކޮށްފައެވެ. "ދެން" އަށް މަޢުލޫމާތުދެމުން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް މާކެޓިން މެނޭޖަރ، އިސްމާއިލް އުބެއިދު ވިދާޅުވީ ދަތި ތަކާއި ކުރިމަތި ލާން ޖެހުނު ނަމަވެސް ވެމްކޯއިން ދިޔައީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ބަރާބަރަށް ފޯރުކޮށްދެމުން ކަމަށެވެ.

2020 ތަކުލީފީ އަހަރެއް

ހަލުވިކަމާއިއެކު މުޅިދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުގެ ސަބަބުން ވެމްކޯއިން ދެމުން އައި ހިދުމަތްތަކަށް ބޮޑެތި ބަދަލުތައް ގެނެވުނެވެ. ކުރިން ދުވާލުގަޑީގައި ނަގަމުން އައި ކުނި މިހާރު ނަގަމުން އަންނަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ސަބަބަކީ މަގުމަތީގައި ވީހާވެސް މީހުން މަދު ގަޑިއެއްގައި ކުނި ނެގުމަށެވެ. އުބެއިދު ވިދާޅުވީ ރޭގަނޑުގެ ވަގުތުތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް ވެމްކޯގެ ހީވާގި މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.

Wamco

ވެމްކޯގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެއްވަނީ

ދަންވަރު ގަޑީގަ އެއްކޮށް ބަދަލު ވީމަ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތި ވި. އެކަމަކު މިވީ ދުވަސް ތަކުގަ ހުރިހާ މުވައްޒަފުންގެ ފަރާތުން ހަމަ ވަރަށް ފުރިހަމަ އެއްބާރުލުން ލިބުނު. އެއީ އެންމެ ނުރައްކާތެރި ދުވަސްވަރުގަވެސް އެއްވެސް މުވައްޒަފެއް ނުނިކުންނާނަމޭ، ނުކުރެވޭނެޔޭ ނެތް ބުނެފައެއް

އުބެއިދު

އެންމެ ހައިރިސްކް ދުވަސްވަރުގައިވެސް މުވައްޒަފުން ކެރިގެން ކުރިޔަށްދިޔަ

ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ދުވަސްވަރުގައި ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރި މުވައްޒަފުންގެ ތެރޭގައި ވެމްކޯ ހިމެނޭނެއެވެ. މިއަހަރު ވެމްކޯއިން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ އިރު ކޮވިޑް-19 އާއި ގުޅިގެން ފުރަމާލޭގެ ހުރިހާ ގޭބިސީ އަކުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެވުނެވެ. އެކި ސަރަހައްދުތަކުގައި ޖަމާކުރެވިފައި ވާ ބޮޑެތި ކުނި އެދެވޭ ގޮތަށް ނައްތާލުމުގެ މަސައްކަތް ކުރެވިގެން ދިޔައެވެ. މިގޮތަށް ޖަމާވެފައި ހުންނަ ކުނި ސާފު ކުރުމުގެ 6 ޕްރޮގްރާމް ވެމްކޯއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން ރަށްރަށުގައި ޖަމާކުރެވިފައި ވާ ކުނި ނެގުމުގެ ހިދުމަތް ދެވުނެވެ. އެންމެ މުހިންމު ކަމަކަށް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މޮނިޓަރިންގް ހާލަތަށް ގެނެވިފައިވާ ގޭބީސީ ތަކާއި، ކޮވިޑް ފެސިލިޓީ ތަކުން އުފެދޭ ކޮވިޑާއި ގުޅުން ހުރި ހުރިހާ ކުނިތައް ނެގުމުގެ އިތުރުން އެ ކުނި ނައްތާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.

އެންމެ ބޮޑު ގޮންޖެހުން

މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރި ނަމަވެސް ވެމްކޯއިން ކުރާ ބުރަ މަސައްކަތުގެ ލިބެންޖެހޭ އުޖޫރަ ނުލިބުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން ކޮވިޑާއި ގުޅިގެން ކުނި ނެގުމަށް ގެނެވުނު ބަދަލުތަކާއި އެކު ވެމްކޯގެ ގިނަ ކަސްޓަމަރުން ހިދުމަތް ކެންސަލް ކުރަމުން ދިޔައެވެ.

ކަސްޓަމަރސް ރެޖިސްޓަރ ނުވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނުލިބޭނެ އުޖޫރައެއް.އެއީ ވަރަށް ބޮޑު ގޮންޖެހުމެއް އަޅުގަނޑުމެންނަށް ދިމާވި. ދެން އޭގެ އިތުރުން ކޮވިޑާއި ގުޅިގެން ކުނި ނުގުމަށް މިއައި ބަދަލާއި ގުޅިގެން ވަރަށް ބައިވަރު ކަސްޓަމަރުން ހިދުމަތް ކެންސަލް ވެސް އެބަ ކުރޭ. އެއީ ތިރިޔަށް ކުނި ބޭލުވީމަ އެބަ ނަގާ. އެހެންވެއްޖިއްޔާ ލާރި ދެއްކިޔަސް ނުދެއްކިޔަސް ކުނި ނަގަންޔާާ އެއްވެސް ބަޔަކު ބޭނުމެއް ނުވޭ ލާރި ދައްކާކަށް

އުބެއިދު

ވެމްކޯއިން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހާއްސަ ގަވާއިދުތަކުގެ ތެރެއިން، ކުރިން އެޕާޓްމެންޓްތަކުގެ ފްލޯތަކުން ނަގަމުން އައި ކުނި ނަގަމުން އަންނަނީ ގްރައުންޑް ފްލޯ އިންނެވެ. ރެޖިސްޓަރ ވެފައިވާ ކޮންމެ ގޭބީސީ އަކުންވެސް ދީފައިވާ ގަޑިޔަށް ކުނި ރަނގަޅަށް ބަނދު ކުރުމަށް ފަހު ގްރައުންޑް ފްލޯގައި ބަހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

މިގޮތަށް ކަންތައް ކުރަން އެދުނު ނަމަވެސް ކުނި ކޮތަޅު ރަނގަޅަށް ބަންދު ނުކުރެވި، އެއް ތަނަކަށް ގިނަ ކުނިތައް ޖަމާކޮށްފައި ބެހެއްޓުން ވެގެންދިޔައީ ވެމްކޯއިން ކުރަން ޖެހޭ މަސައްކަތް ގިނަވެގެން ދިޔަ ކަމަކަށެވެ. މީގެ އިތުރުން ވެމްކޯގެ ކުނި ނެގުމަށް ރެޖިސްޓަރ ނުވާ ފަރާތްތަކުން ކުނި މަގުމަތީގައި ނުވަތަ ގޭގެ ދޮރުމަތީގައި ބެހެއްޓުމުގެ ސަބަބުން ކޮންމެ ދުވަހަކު އެ އުފެދޭ ކުނި ނަގައި ވެމްކޯއަށް އިތުރު މަސައްކަތް ތަކެއް ކުރަން ޖެހުނެވެ.

ދަތިތަކާއި އެކުގައިވެސް ހުއްޓުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމުގައި

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގަ

އެންމެ އެދެވޭ ގޮތަށް ރައްކާތެރިކަމާއި އެކު ކުނި ނައްތާލެވެން ނެތުމަކީ ވެމްކޯއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ކޮވިޑާއި ގުޅުން ހުރި ކުންޏަކީ ރަނގަޅު ގޮތުގައި ނައްތާލެވެން ޖެހޭ ކުނި ކަމުގައި ވިޔަސް އެއްމެ ރައްކާތެރިކޮށް ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރެވިފައި ނެތުމުގެ އިތުރުން މާލޭގައި ޕާކު ކުރުމުގެ ދަތިކަމަކީ ވެމްކޯއިން އުފުލަން ޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ.

އެހެންނަމަވެސް މި ދަތިތަކާއި އެކުވެސް ވެމްކޯއިން ދިޔައީ މި ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ދުވަސްވަރު ވެމްކޯގެ ވެހިކަލްތައް ބޭނުންކޮށްގެން މުދާ ތަންތަނަށް ގެންގޮސްދިނުމުގެ އިތުރުން ޑެލިވަރީގެ ހިދުމަތް ވެމްކޯއިން ވަނީ ފޯރުކޮށްދީފައެވެ. އެންމެ ބޮޑު ކަމަކަށް މާލެ ތެރޭގައި އުފެދޭ ބޮޑެތި ކުނި ނައްތާލުމުގެ މަސައްކަތް އެންމެ ދުވަހަކު ފިޔަވާ އެހެން ހުރިހާ ދުވަހަކު ވެމްކޯއިން ވަނީ ފޯރުކޮށްދީފައެވެ.

ކޮވިޑުގެ ދުވަސްވަރު އަޅުގަނޑުމެންގެ ވެހިކަލްސް ބޭނުންކޮށްގެން މުދާ ތަންތަނަށް ގެންގޮސްދިނުމާ، ޑެލިވަރީގަ ވެސް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދިނިން. ދެން އެންމެ ބޮޑު ކަމަކަށް މުޅި މާލޭގަ މި އުފެދޭ ކުންޔަށް އެންމެ ދުވަހެއް ފިޔަވާ، އެއީ ލޮކްޑައުން ކުރި ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ހިދުމަތް ފޯރުކޮށްދެވިފަ ވާނެ

އުބެއިދު

ޓާގެޓްތަކުގެ ބޮޑުބައި 2021 އަށް ފަސްކުރި

2020ވަނަ އަހަރު ވެމްކޯއިން ކުރިޔަށް ގެންދިޔުމަށް ރާފައިވާ ގިނަ ކަންތައްތަށް ވަނީ 2021 ވަނަ އަހަރަށް ފަސް ކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ދަށް ވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރު ކުރިޔަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވޯލްޑް ބޭންކް"، "އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް" ގެ ފަރާތުން ރ.ވަންދޫގެ އިތުރުން ތިލަފުށީގެ ބަނދަރު ސަރަހައްދު ތަރައްގީކުރުމު މަޝްރުއު ވަނީ މިއަހަރު ނިމިފައެވެ. މި އަހަރު ތެރޭގައި އާމްދަނީ ކުޑަވި ދުވަސްވަރުގައި ކޮވިޑާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ހަރަދު އިތުރުވެފައި ވެއެވެ.

ހިދުމަތް ފޯރުކޮށްދިނުމަށް ދުރާލާ ތައްޔާރުވުން

މި ބަލިމަޑުކަމުގެ ތެރޭގައި ވެމްކޯގެ ހިއްސާ ބޮޑު ވުމާއި ގުޅިގެން ވެމްކޯއިން ވަނީ ނިމިދިޔަ މާޗް މަހުން ފެށިގެން ކޮވިޑްގެ ހާލަތައް ތައްޔާރުވެފައެވެ. އެގޮތުން ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހަދައި، މަސައްކަތަށް ހުއްޓުމެއް ނައިސް ހިދުމަތް ފޯރުކޮށްދެވޭނީ ކިހިނެއްތޯ، އަދި ދުވަސްވަރުގެ ގޮތުން އެންމެ މަދު މުވައްޒަފުން ނެރެގެން ހިދުމަތް ފޯރު ކޮށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވުނެވެ. އުބެއިދު ވިދާޅުވީ މި ދަތި ހާލަތުގައިވެސް ވެމްކޯއިން ދިޔައީ މުވައްޒަފުންގެ މުސާރައިން އެއްވެސް އަދަދެއް އުނި ނުކޮށް ކަނޑައެޅިފައިވާ މުސާރަ މުވައްޒަފުންނަށް ދެމުން ކަމަށެވެ.

"އެއްވެސް ބައެއްގެ މުސާރައިން އެއްވެސް ބައެއް އުނި އެއް ނުކުރަން. ދެން ގޭގަ ތިބޭ މުވައްޒަފުންވެސް އެޑްމިނިސްޓްރޭޓިވް މުވައްޒަފުން ވޯރކް ފްރޮމް ހޯމް ހަދާފަ ކޮންމެ ޑިޕާޓްމެންޓްއަކުންވެސް މިނިމަމް ރިކުއަރމެންޓަށް މުވައްޒަފުން ނިކުންނާނީ" އުބެއިދު ފާހަގަކުރެއްވިއެވެ.

ދުން ނާރާނެ ތިލަފުށްޓެއް 2021 ގައި

2021 ވަނަ އަހަރު ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ރިސައިކްލިންގެ މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ރަށްރަށުގައި ޒަމާނުއްސުރެ އެއްވެފައި ހުންނަ ކުނި ނައްތާލުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށު ލެވެލްގައި ކުނި ސަސްޓެއިނަބަލް މޮޑެލް އަކަށް ކުރިޔަށް ގެންދިޔުމަށް ކުރެވިދާނެ ކަންތައްތަކުގެ ޕްރޮޖެކްޓް ތަކުގެ މަސައްކަތް މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރާވާފައިވެއެވެ. އެންމެ ބޮޑު ކަމަކަށް ކ.ތިލަފުށިން ދުން އެރުމުގެ މައްސަލަޔަށް ހައްލެއް ގެނައުން ހިމެނެއެވެ. މިކަމަށް ބޭނުންވާނެ ސާމާނުތައް 2021 ވަނަ އަހަރުގެ މެދު ތެރޭގައި ހަމަ ވާނެއެވެ.

ހީވާގި މުރާލި މުވައްޒަފުން، ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލު

ވެމްކޯއިން މި ކުރާ މަސައްކަތުގެ އެންމެ ބޮޑު ހިއްވަރަކީ މަސައްކަތް ކުރާ މުވައްޒަފުންނެވެ. ވެމްކޯގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ކަމަށް ކަމޭ ހިތައިގެން، އެކުވެރި މާހައުލެއްގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުންނެވެ. ވެމްކޯއިން މުވައްޒަފުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ މިހާރުވެސް މަސައްކަތް ކުރަމުނަދާ ގޮތުގައި މަސައްކަތް ކޮށްދިނުމެވެ.

އެންމެ ބޮޑު އެއް ހިތްވަރަކީ އަޅުގަނޑުމެންގެ މުވައްޒަފުން. މުވައްޒަފުން މިކަމަށް ކަމޭ ހިތައިގެން ވަރަށް އެކުވެރި މާހައުލެއްގަ މަސައްކަތް މި ކޮށްދެނީ. އެހެންވީމަ މިހާރުވެސް މަސައްކަތް ކުރަމުން ދާ ގޮތަށް ބަދަލެއްނައިސް މަސައްކަތް ކޮށްދިނުން

އުބެއިދު

އެދެނީ ކުރާ މަސައްކަތް އާންމުން ބަލައިގަތުން


މާލޭގެ އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ނުލިބޭކަން ވެމްކޯއިން ފާހަގަކުރެއެވެ. ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަށް ފާޑު ކިޔައި އެކަން ބަލައި ނުގަންނަ މީހުންވެސް މަދުން ނަމަވެސް ފެނިގެން ދިޔުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

Ads by Allied Insurance
  1. ސަކިންތަ

    dhen k veyo front line ga masaika kuri ehen muvazafun na libun inaayai wamco ge muvazafun ah nulibee. gaimu lock down ga mulhi gaumu oi iru kuninagga kunihkahha saafu kuran bayaku nikumey dhoo. @WAMCO