މަރާމާތަށްފަހު ފޮރިން މިނިސްޓްރީގެ އިމާރާތް ސަރުކާރާ ހަވާލުކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި މަރާމާތުކުރި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތް ނިންމައި، އެ އިމާރާތް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
އިމާރާތުގެ މަސައްކަތް ކުރުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެވެ.
އިމާރާތް ދިވެހި ސަރުކާރާއި ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލުއެވެ.