ޚަބަރު

އަދާލަތުޕާޓީގެ ރިޔާސީ އިންތިހާބު މިމަހު 23 ގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ލީޑަރަކަށް ހުންނަވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މިހިނގާ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

އެޕާޓީން ބުނެފައިވާ ގޮތުގައި އެދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބެއް ކަމަށެވެ.

އަދާލަތު ޕާޓީން މިކަމާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެ ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށެވެ.

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/3rJzPzG

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑް ބެލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/2WZfVmf

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!