ޚަބަރު

ކޮވިޑް-19 : ކޭސް ނޫޅޭ ތަނަކަށް ދާނަމަ މުދައްރިސުންވެސް ކަރަންޓީނު ވާން ޖެހޭނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19ގެ އެއްވެސް ކޭސް އެއް ނެތް ރަށަކަށް ދަތުރު ކުރާނަމަ މުދައްރިސުން ވެސް އަދި ސިއްހީ ހިދުމަތްތެރިން ވެސް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ކަރަންޓީނުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއި ލުއިތަކާއެކު، މިފަދަ ފަރާތްތައް ވެސް ކަރަންޓީނު ވާން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓީނު ވާން ނުޖެހެނީ ބޭރު ގައުމުތަކުން މާލޭ ސަރަހައްދަށް އަންނަ ދިވެހި ރައްޔިތުން ކަމަށާއި ކޮމިއުނިޓީ ހިދުމަތެއް ދިނުމަށް ގެންނަ ފަރާތްތައް ކަރަންޓީނު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް 200 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އައުމަށް އެދިފައިވާ ކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ޓީޗަރުން، ޑޮކްޓަރުން ނުވަތަ އާއްމު ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޔުނިވަރސިޓީތަކަށް ކިޔަވަންދާ ކުދިންނަކީ ގިނަ ބަޔަކާ ބައްދަލު ވާނެ ބައެއް ކަމަށާއި މިގޮތަށް އުސޫލު ބައްޓަން ކުރީ މީގެ ސަބަބުން ގިނަ ބަޔަކާ ބައްދަލުވެ ބަލި ފެތުރުމަށް މަގުފަހިވެގެން ދިއުމާއެކުގައި ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!