ދުނިޔެ

އަރުމޭނިއާގެ ރައީސް ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަރްމޭނިއާގެ ރައީސް އާމެން ސަކިސިއަން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

އެޤައުމުގެ ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް ސަކިސިއަން ވަނީ އާއިލާއާއެކު، އިނގިރޭސިވިލާތުގައި އާ އަހަރު ފާހަގަ ކޮށްފައެވެ.

އެއަށްފަހު މިމަހުގެ 3 ވަނަ ދުވަހު ފައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު، ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރިކަމަށާއި އޭގެ ނަތީޖާ ފައްސި ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން އަރުމޭނިއާ ގެ ރައީސް މިދުވަސްކޮޅު މަސައްކަތް ކުރައްވާނީ އޮންލައިންކޮށް، ކަރަންޓީނުވެ ހުންނަވައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސަކިސިއަން ލަންޑަނަށް ވަޑައިގެންނެވީ އެތަނުގައި ދިރިއުޅޭ އެމަނިކުފާނުގެ އާއިލާ ބޭފުޅަކަށް ޒިޔާރަތް ކޮށްލުމަށެވެ.

އަރުމޭނިއާގެ ރައީސް ސަކިސިއަން ކޮވިޑް-19 އަށް ފައްސި ވެފައިވާކަން އެމަނިކުފާނުގެ އެސިސްޓެންޓް ހަސްމިކް ޕެޓްރޯޔަން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަރުމޭނިއާގެ ރައީސް ގެ ހާލު ރަނގަޅު ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!