ޅ. އަތޮޅުގައި ސިފައިންގެ ތަމްރީން ތަކެއް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހާއްސަަ ތަމްރީނުތަކެއް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ބާއްވަން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާއި ހަމައަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް،އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި ބައެއް ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.
މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ސިފައިންގެ އެ ތަމުރީނުތައް ކުރިޔަށް ދާނެ ވަކި ވަގުތެއް އެމްއެންޑީއެފުން ސާފު ކޮށްދީފައެއް ނުވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވެސް ސިފައިން ވަނީ މާލެ ސަރަހައްދުގައި ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.