ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިމަހުގެ 10 ވާ އާދީއްތަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު ކަމަށް އިއުލާނު ކޮށްފިއެވެ.

Ads by STELCO

އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ 22:00 އިން 00:00 ކަމަށް އެކުންފުނިން އިއުލާނު ކޮށްފައިވެއެވެ.

ވެމްކޯގެ މެެނޭޖިން ޑިރެެކްޓަރު އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ މިހާރު ކުނި ނަގަމުން އަންނަ ގަޑީގެެ ސަބަބުން މަގުމައްޗަށް ލޯޑުބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ.

ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލް އަދި އެހެެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ފަހު އެފަރާތްތަކުގެ ލަފާއާ އެކު ކަމަށް ވެސް ވެމްކޯގެ އެމްޑީ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ވެމްކޯއިން ވަނީ އެކުންފުނިން ދެމުން ދިޔަ "ޑޯސްޓެޕް" ސާވިސް ވެެސް އެއްކޮށް މެދުކަނޑާލާފައެވެ.

Ads by HDC
  1. އެމީހާ

    ވަރަށްރަނގަޅު ވާހަކައެއް ވިދާޅުވީ ވެމްކޯގެ ހީވާގި މުޢައްޒަފުން ރެއެއްދުވާލެއްނުބަލާ ލޮކްޑައުންތެރޭގަ ފުރާނަ އަތްމައްޗަށްލައިގެން މާލެތެރެ ސާފުކޮން ބޭއްވުމަށްޓަކާ ކުރި މަސައްކަތަކީ ޝުކުރު ކުރުން ޙައްގު މަސަައްކަތެކެވެ. ނަމަވެސް ހިތާމަޔާއި އެކު ބުނެލަންޖެހެނީ ފުރަންޓުލައިންގަ މަސައްކަތްކުރި ވެމްކޯގެ އެއްވެސް މުޢައްޒަފަކަށް އެލަވަންސު ނުލިބި އަދި ލިބޭނި ދުވަހެއްވެސް ނޭނގި މުޢައްޒަފުން މާޔޫސްވެފައިތިބިކަމެވެ.