ދުނިޔެ

ކޮވިޑް ވެކްސިން ޖެހި ޑޮކްޓަރަކު 16 ދުވަސް ފަހުން މަރުވެެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފައިޒާ ވެކްސިން ޖެހި ޑޮކްޓަރަކު ވެކްސިން ޖެހިތާ 16 ދުވަސް ފަހުން މަރުވެއްޖެއެެވެ.

Ads by Sosun Fihaara

ޑރ.މައިކަލް ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ 56 އަހަރުގެ މި ޑޮކްޓަރަށް ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން "ބްލަޑް ޑިސްއޯރޑަރ" ތަކެއް އޭނާގެ ހަށިގަނޑުގައި ވަނީ އުފެދިފައެވެ. އެހެން ނަމަވެސް އޭނާ މަރުވެފައި ވަނީ ސްޓްރޯކެއް ޖެހިގެން މިދިޔަ އާދީއްތަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ އަކީ ސިއްހަތު ރަނގަޅު މީހެއް ކަމަށާއި އޭނާ އަކީ ދުންފަތުގެ އިސްތިއުމާލު ވެސް ކުރާ މީހެއް ނޫން ކަމަށް ރިޕޯޓު ތައް ބުނެއެވެ. ނަމަވެސް ބައެއް ފަހަރަށް މުނާސަބަތު ތަކާ ދިމާކޮށް ރާ ބޮއެ ހަދާ ކަމަށް ވެސް ބޭރުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި އޭނާ އަކީ މަސް ބާނަން ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.

އޭނާ މަރުވުމުން ޓެސްޓު ކުރެވެން ހުރި ނަމަ ހުރި ބައްޔަކަށް ވަނީ ޓެސްޓު ކުރެވިފައި ކަމުގައި ވެސް ބޭރުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގެ މި ރިޕޯޓްގައި ބުނެފައިވެއެވެ. އެ ނޫހަށް ފައިޒާއިން ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ ޑރ.މައިކަލްގެ މަރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފައިޒާގެ ތަރުޖަމާނަކު ބުނެފައިވަނީ މައިކަލްގެ މަރަކީ ވެކްސިންއާ ގުޅުންހުރި ކަމެއް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ،

ރިޕޯޓްތައް ބުނާ ގޮތުން މައިކަލްގެ ކިބައިން ވެކްސިން ޖެހިތާ ތިން ދުވަސްވީއިރުވެސް އެއްވެސް ސައިޑް އިފެކްޓެއް ފެނިފައެއް ނުވެއެވެ، އެހެން ނަމަވެސް ވެކްސިން ޖެހިތާ ތިން ދުވަސް ފަހުން އޭނާ ފެންވަރަން ހުއްޓާ ފަޔާއި އަތުގައި ރަތް ކުލައިގެ ތިކިތަކެއް ހުރި ކަން އޭނާއަށް ފާހަގަ ވިއެވެ. އަދި އެކަމާ ގުޅިގެން އޭނާ ޑޮކްޓަރަށް ދެއްކުމުން އެއީ ވެކްސިނެއް ޖެހުމުގެ ސަބަބުން ލޭ ދައުރުވާ މިންވަރު ދަށްވުމުން ފެންނަ ކަމެއް ކަމުގައި ބުނި ކަމަށް ވެސް ވެއެވެ. އަދި ލޭގައި އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހަމައެކަނި ލޭ ދައުރުވާ މިންވަރު ދަށްވީ ކަމުގައި ވެސް އެ ޑޮކްޓަރު ބުންޏެވެ.

އެހެންކަމުން ހޮސްޕިޓަލުގައި އޭނާ އެނދުމަތި ކުރެވުނެވެ. ސަބަބަކީ އެއީ ނުރައްކާތެރި ކަމަކަށް ވާތީއެވެ. ސިކުނޑިއަށް ލޭ އެޅި މަރުވެދާނެ ކަމުގެ ބިރު ވެސް އޮތުމުންނެވެ. އާންމުކޮށް އިންސާނެއްގެ ލޭ ދައުރުވާ މިންވަރުގައި އެއްލައްކަ ފަންސާސް ހާހާއި ހަތަރުލައްކަ ފަންސާސްހާހާ ދެމެދުގެ ޕްލެޓްލެޓް ހުންނަން ޖެހެއެވެ. ނަމަވެސް މައިކަލްގެ ލޭ ދައުރުވާ މިންވަރަކީ އެއް ޕްލެޓްލެޓެވެ.

ދުނިޔޭގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލުން ހާމަ ކުރާ ގޮތުގައި ވެކްސިންގެ ސަބަބުން މިހާތަނަށް 21 މީހަކަށް ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!