ސަލްމާން ރަސްގެފާނު ވެސް ކޮވިޑް-19 ވެކްސިން ޖައްސަވައިފި

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ވެސް ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
ސައޫދީގައި ޖެހި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ސަލްމާން ރަސްގެފާނު ޖައްސަވާފައި ވަނީ ހުކުރު ދުވަހުއެވެ.
ސައުދީގެ ޕްރެސް އޭޖެންސީން ވަނީ ސަލްމާން ރަސްގެފާނު ކޮވިޑް-19 ވެކްސިން ޖެއްސެވިއިރު ނަގާފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ސަލްމާން ރަސްގެފާނު ވެކްސިން ޖެއްސެވިއިރު، ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ މީގެ ދެ ހަފްތާ ކުރިން ވެކްސިންގެ ފުރިހަމަ ޑޯޒް ފުރިހަމަ ކުރައްވާފައެވެ.
ސައުދީގައި ބޭނުން ކުރަން ފަށާފައި ވަނީ ފައިޒާ ވެކްސިނެވެ.