ޚަބަރު

ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު މާދަމާ ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ނިމިދިޔަ 2020ވަނަ އަހަރުގެ ޑިސެންބަރު މަހު 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާލެ ސިޓީގައި ބާއްވާ އިންޓަވިއުތައް އޮންނާނީ މިމަހުގެ 10 އިން 14 އަށް އަދި 19 އިން 21 އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައިފިއެވެ.

Ads by STELCO

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް މާދަމާއިން ފެށިގެން މާލެ ސިޓީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ވެސް ކުރިއަށްދާނެ ކަމަށާއި މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތައް، އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއިން އެފަރާތްތަކަށް ދަނީ އަންގަމުންނެވެ.

ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، މިހިނގާ 2021ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާއިރު، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ އަންނަ މަހުގެ ހަތަރަކަށް ބަދަލު ކޮށްފައެވެ. މިއަހަރުގެ ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!