ޚަބަރު ވިޔަފާރި

ބީއެމްއެލް ކާޑު ލިމިޓު 150 ޑޮލަރަށް ކުޑަ ކުރި ކަމަށް ބުނާ ހަބަރަކީ ދޮގެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް ، ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ދަށްކޮށްފި ކަމަށް ބުނެ، ފެތުރެނީ ދޮގު ހަބަރެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ads by STELCO

ބީއެމްއެލްއިން ނެރެފައިވާ ކަމަށް ބުނާ ފޭކް ޑޮކިއުމެންޓެއް މިހާރު ދައުރުވަމުން އަންނައިރު، އޭގައި ބުނާ ގޮތުގައި ޖެނުއަރީ 17 ވަނަ ދުވަހުން ފަށައިގެން އެ ބޭންކުގެ ކޮންމެ ކާޑެއްގެ ވެސް ކްރެޑިލް ލިމިޓަކީ 150 ޑޮލަރު ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބީއެމްއެލް ކާޑަކުން ކެނޑޭނީ 150 ޑޮލަރު ކަމަށް އޭގައި ބުނެފައިވެއެވެ.

ބީއެމްއެލް އިން ވަނީ ދައުރުވަމުން ދަނީ ސައްހަ ހަބަރެއް ނޫން ކަން "ދެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުން މުއާމަލާތު ކުރެވޭ އަދަދު 250 އެމެރިކާ ޑޮލަރަށް ދަށް ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!