ޚަބަރު

މެއިމަހުގެ ވެބްސައިޓް ރޭންކިން: ފަސްމަސްތެރޭގައި ހަވަނައަށް ރާއްޖޭގެ އެންމެ މަޤްބޫލު ނޫހަކަށް ''ދެން''

ދެން އެމްވީ ، ދެން އޮންލައިން

ވެބްސައިޓްތައް ދަރަޖަކުރާ ސައިޓެއް ކަމަށްވާ ސިމިލަރވެބްގެ މެއިމަހުގެ ދަރަޖަތައް އާންމުކޮށްފިއެވެ.

Ads by Sosun Fihaara

މެއި މަހުގެ ދަރަޖަތައް ދައްކާގޮތުގައި ޖެނުއަރީ 15 ވަނަ ދުވަހު ފެށި ''ދެން'' ވަނީ ރާއްޖޭގެ ހަވަނަ އޮންލައިންގެ މަޤާމު ދަމަހައްޓާފައެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އޮންލައިން ނޫހެއް ހޯދި އެންމެ ބޮޑު އެއް ކުރިއެރުމެވެ.

ސިމިލަރވެބްގެ ފަހުގެ ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ އޮންލައިން ނޫސްތަކުގެ ކިޔުންތެރިންގެ ޢަދަދު ވަނީ އޭޕްރީލް މަހާއި ބަލާއިރު ދަށްވެފައެވެ. ނަމަވެސް ނޫސްތަކުގެ ދަރަޖަތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެގޮތުން އެއްވަނަ މަޤާމުގައި އޮތީ އެމަޤާމު ދަމަހައްޓަމުން އަންނަ ''ވަގުތު''އެވެ. ދެވަނައިގައި ''މިހާރު''އޮތްއިރު ތިންވަނައިގައި އޮތީ ''ސަން''އެވެ. އަދި ހަތަރުވަނައިގައި އޮތީ ''އަވަސް'' އެވެ.

އޭޕްރީލްގެ ރޭންކިންގައި ފަސްވަނައިގައި އޮތް ''ރާއްޖެއެމްވީ''ހަތްވަނައަށް ވެއްޓިފައިވާއިރު ފަސްވަނަ މަޤާމަށް ކުރިއަށް ޖެހިލާފައިވަނީ ''މިއަދު''އެވެ.

ރާއްޖޭގައި އޮންލައިން ގިނަ ނޫސްތަކެއް ދަނީ ހިންގަމުންނެވެ. ނަމަވެސް އެންމެ ގިނަ މީހުން ބޭނުންކުރާ 50 ވެބްސައިޓް ތެރޭގައި ވެސް އިތުރު އޮންލައިން ނޫހެއް ނެތެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!