ގަން-ފޮނަދޫ މޮނިޓަރިންގ ހާލަތު އުވާލައިފި

ލ.ފޮނަދޫއާއި އެރަށާ އެއްފަަސްކޮށް އޮންނަ ގަން މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
މިދެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ގއ.ދެއްވަދޫން ލ.ފޮނަދޫއަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން، 9 ޖަނަވަރީ ގައެވެ. މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން ކޮވިޑަށް ޓެސްޓް ކުރި އެންމެންގެ ނަތީޖާވަނީ ނައްސި (ނެގަޓިވް) ވެފައެވެ. އަދި ދެ ރަށުން ނެގި ރެންޑަމް ސާންޕަލްތައްވެސް ވަނީ ނައްސިވެފައެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު ފޮނަދޫ އަދި ގަން މޮނިޓަރިންގ ހާލަތުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.