ބަނގުރާ ފުޅިތަކެއް އަރުވައިގެން ދިޔަ ޓެކްސީއެއް ހުއްޓުވައިފި
މާލޭގައި ބަނގުރާފުޅިތަކެއް އަރުވައިގެން ދިޔަ ޓެކްސީއެއް ސްވިމިންގ ޓްރެކް ކުރިމަތިން ހިފަަހައްޓައިފިއެވެ.
އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ފުލުހުން ހުއްޓުވި އެ ޓެކްސީ ތެރޭގައި ޓެކްސީ ޑްރައިވަރާއެކު ޖުމްލަ ހަތަރު މީހުން ތިބި ކަމަށެވެ.
މި ޓެކްސީ ތެރެއިން ބަނގުރާ ދަޅުތަކެއް ވެސް ފެނިފައިވެއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ މިފަދަ އޮޕަރޭޝަނެއް މާލޭގައި އެބަ ކުރިއަށްދާ ކަމަށާއި އިތުރު ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
މިފަދަ އޮޕަރޭޝަނެއް ކުރިއަށްދާއިރު، މިމަހުގެ 10 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު މަސްތުވާ އެއްޗެހިތަކެއް ވެސް ވަނީ އަތުލައިގެންފައެވެ.
އެތަކެތީގެ ބަރުދަނުގައި 14 ގްރާމް ހުރިއިރު އެތަކެތީގެ އަގު 42،000 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
Subuhaanahlaahi