ދުނިޔެ

ކޮވިޑް19: ޗައިނާއަށް ވުރެ ކުރިން އިޓަލީގައި ވައިރަސް ފެތުރުނު ކަން ޔަގީންވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިޓަލީގައި ކޮވިޑް-19 ވައިރަސް އުޅުނު ކަން ޔަގީން ވެއްޖެއެވެ. ކުރިން ރިޕޯޓު ކުރެވިފައިވާ ގޮތުގައި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޑިސެންބަރު މަހު ޗައިނާއިންނެވެ.

Ads by Sosun Fihaara

ކޮވިޑްގެ ޒީރޯ ޕޭޝަންޓު ކަމަށް ބެލެވޭ މި މީހާއަކީ އިޓަލީގެ 25 އަހަރުގެ އަންހެނެކެވެ. މި މީހާއަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ބަލި ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެއެވެ.

މިލާންގެ މި އަންހެން މީހާ ޑޮކްޓަރަށް ދައްކައި ޓެސްޓު ހަދާފައި ވަނީ ކަރުގައި ރިއްސާ އިންފެކްޓު ވުމުން ކަމަށްވީ ނަމަވެސް ޑޮކްޓަރުން އޭރު ހެދި ތަހުލީލުތަކުން އޭނާއަށް ޖެހިފައި ހުރި ކޮން ބައްޔެއް ކަމެއް ދެނެއެއް ނުގަނެވެއެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގައި ކުރި ދިރާސާއެއްގައި ދައްކާގޮތުގައި އެ އަންހެން މީހާގެ ގައިން ފެނުނީ ކޮރޯނާ ވައިރަހެވެ. އަދި މިއީ ޗައިނާއަށް ވުރެ ކުރިން ޔޫރަޕުގައި ވައިރަސް ފެތުރުނު ކަމުގެ ހެއްކެކެވެ.

މި އަންހެން މީހާއަކީ އިޓަލީގެ ފުރަތަމަ ރެކޯޑު ކުރެވުނު ކޭސް ކަމުގައި ވީ ނަމަވެސް އޭގެ ކުރިން ވެސް އިޓަލީގައި ބަލި އުޅުނު ކަމަށް ސިއްހީ މާހިރުން ދެކެއެވެ. އަދި މިކަން ޔަގީން ކުރުމަށް ހެދި ލޭގެ ގިނަ ޓެސްޓު ތަކަކުން ވެސް ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އިޓަލީގައި ވައިރަސް އުޅުނު ކަން ހާމަވެފައެވެ.

ނަމަވެސް އިޓަލީގައި ވައިރަސް ފެތުރިފައިވާ ކަން ސިއްހީ މާހިރުންގެ ސަމާލުކަމަށް އައިސްފައި ވަނީ ޖެނުއަރީ 2020 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!