Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭން އަލަށް ހިއްކާ ސަރައްދުން ނަގާ އުޅަނދުތަކަށް 3 ފަޅު ހަމަޖައްސައިފި

ހުޅުމާލޭން އަލަށް ހިއްކާ ސަރައްދުން ނަގާ އުޅަނދުތަކަށް 3  ފަޅު ހަމަޖައްސައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން އަލުން ފަށާތީ އެ ސަރައްދުން ނަގާ އުޅަނދުތަކަށް މާލެ ކައިރިން ހަތަރު ފަޅު ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަމަޖައްސައިދީފިއެވެ.

ހުޅުމާލޭގައި ގޯތި ދިނުމަށް ހިއްކަމުން ގެންދާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީއިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކުންފުނިން ބުނި ސުންގަޑިއަކީ މިއަދެވެ.

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް އަޅަން ހަތަރު ފަޅު ހަމަޖައްސައިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)
އެގޮތުން ސަފާރީ އަޅަން ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރިފަޅު އަދި ތިލަފުށީ ފަޅުން އެކަމަށް ހާއްޞަކޮށްފައިވާ ސަރަހައްދެކެވެ. ދޯނިފަހަރާއި އެހެން އުޅަނދުތައް އެޅުމަށް ހަމަޖައްސައިފައި ވަނީ ގުޅީފަޅާއި ތިލަފުށީފަޅުން އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދެކެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރު ބިން ހިއްކަން ވަނީ ނިންމައިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް