ޚަބަރު

ދެއްވަދޫ ކޮވިޑް އަޕްޑޭޓް: މިހާތަނަށް 33 މީހުން ފައްސިވެ، 3 މީހުން ބަލިން ފަސޭހަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދެއްވަދޫން މިހާތަނަށް 33 މީހަކު ކޮވިޑް-19 އަށް ފައްސިވެ 3 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ދެއްވަދޫ ކައުންސިލު ރައީސް އިބްރާހިމް ތައުފީގު އޮންލައިން ނޫސް "ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުން އިއްޔެ 16 މީހަކު ފައްސި ވެފައިވާ ކަމަށާއި މިހާރު އެރަށުން ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު 33 އަށް އަރާފައިވާ އިރު ބަލިން ރަނގަޅު ވެފައި ވަނީ 3 މީހުން ކަމަށެވެ.

ތައުފީގު ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރޭގައި ހައިރިސްކް ދެ މީހުން ވެސް ހިމެނޭ ކަމަށާއި އެތަނުން އެކަކަށް ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދާ ކަމަށެވެ. އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ތައުފީގު ވިދާޅުވިއެވެ.

ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި އުމުރުން 12 އަހަރުން ދަށުގެ ދަށުގެ ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން އެއްކުއްޖަކީ ހަތަރު މަހުގެ ތުއްތު ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން ތައުފީގު ވިދާޅުވީ އެރަށުގެ ތިން ބައިކުޅަ އެއްބައި ގެތައް މިހާރު ހުރީ ކަރަންޓީނު ކޮށްފައި ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން 56 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!