45 ދުވަސްތެރޭ އިސްތަންބޫލު ފެނަށް ޖެހިދާނެ ކަމުގެ ބިރު
ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ތުރުކީގެ އިސްތަންބޫލު ފެނަށް ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތުރުކީއަށް މި ގަރުނުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ މިހާރު ކުރިމަތިލާން ޖެހިފައިވާއިރު، އިސްތަންބޫލުގެ ގިނަ ޑޭމްތަކުން އަންނަނީ ފެން ހިނދެމުންނެވެ.
17 މިލިއަން މީހުން ދިރިއުޅޭ މިސިޓީގައި އެންމެ ގިނަ ބަޔަކު ފެން ހޯދާ އެއް ކޯރާ ގުޅުވާފައިވާ ޑޭމް އަކީ އޮމާލީ ޑޭމް އެވެ. މި ޑޭމް ވެސް ވަނީ ފާއިތުވި 15 އަހަރު ތެރޭގައި ދަށް ނުވާ މިންވަރަށް ފެނުގެ ލެވެލް ދަށްވެފައެވެ. ފެން އެންމެ ބޮޑަށް ދަށްވެފައިވާ ސަބަބަކީ ވާރޭ ނުވެހި ގިނަ ދުވަސް ވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްތަންބޫލު ފެނަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ވެރިރަށް އަންކާރާގެ މޭޔަރު ވަނީ އެ ސިޓީގެ ޑޭމްތަކުގައި ރައްކާކުރެވިފައިހުރީ ކުރިއަށް އޮތް 110 ދުވަހަށް ވާ ވަރުގެ ފެން އެކަނި ކަމަށް ބުނެފައެވެ.
ތުރުކީ އަށް ފެނުގެ ދަތިކަން ކުރިމަތިވެ. ވާރޭ ވެއްސަވާތޯ އެގައުމުގެ މިސްކިތްތަކުގައި އިސްތިސްޤާ ކުރުމަށް ތުރުކީގެ އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.