ޚަބަރު

ދެއްވަދޫ ކްލަސްޓާ: ދާންދުއާއި ވިލިނގިލި މޮނީޓަރިންގަށް ލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ދެއްވަދޫ ގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން، އެކްލަސްޓަރ ގެ ތެރެއިން އެއަތޮޅު ދާންދު އާއި ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި ދާންދު އާއި ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ލެވިފައި މިވަނީ ދެއްވަދޫ ގައި އުފެދުނު ކްލަސްޓާއާ ގުޅިގެންނެވެ.

އެގޮތުން ދާންދޫން ދެ މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު ވިލިނގިލިން އެކަކު ފައްސި ވެފައިވެއެވެ.

މިދެ ރަށުގެ ވެސް ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށް ވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

ވިލިނގިލީ މޮނީޓަރިންގެ ހާލަތައް ލެވިފައިވާއިރު، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ސްކޫލް ވެސް މިއަދު ވަނީ ބަންދު ކޮށްފައެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކާ ބައްދަލުވި އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާ ކުރިއެވެ. ކޮވިޑަށް ފައްސި ހަތް ކޭސް ފެނުމާއެކު އެރަށް މޮނީޓަރިންގަށް ލެވި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތުގެ ތެރެއިން ރޭންޑަމް ސާމްޕަލް ވެސް ނަގަން ފެށުނެވެ.

މީގެއިތުރުން ދެއްވަދޫން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކު ވެސް ކޮވިޑަށް ފައްސިވުމުން ފޮނަދޫ އާއި ލ. ގަން ވެސް މޮނީޓަރިންގެ ހާލަތަށް ގެންދެވުނެވެ. ދެއްވަދޫ ގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، އެރަށުން 33 މީހަކު ކޮވިޑަށް ފައްސިވެ ތިން މީހަކު ބަލިން ފަސޭޙަ ވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!