ކޮވިޑް-19: އުކުޅަހުން އަނެއްކާ ވެސް ފަތުރުވެރިއަކު ފައްސިވެއްޖެ

އއ އުކުޅަހުން އަނެއްކާވެސް ފަތުރުވެރިއަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
އޭނާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ޗުއްޓީ ނިންމުމަށްފަހު ރާއްޖެއިން ފުރުމުގެ ކުރިން ހެދި ސާމްޕަލުންނެވެ.
އެރަށުން ފައްސި ވެފައި ވަނީ ޗެކް ރިޕަބްލިކްގެ 42 އަހަރުގެ މީހެކެވެ.
މީގެ ކުރިން ވެސް އުކުޅަހުން ބައެއް ފަތުރުވެރިން ކޮވިޑަށް ފައްސިވެފައި ވެއެވެ. އެގޮތުން ދެ ގެސްޓު ހައުސްއަކުން 5 މީހަކު މީގެ ކުރިން ވަނީ ފައްސި ވެފައެވެ.

Ads by Allied Insurance