ލުއި ޚަބަރު

ކުރަފި އަޅައިގެން ހަދާފައި ހުންނަ ފުށް: އާދައިގެ ފުށަށްވުރެ 40% ފައިދާ ބޮޑު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބްރެޒިލްގެ ރިއޯ ގްރޭންޑްގައި ހުންނަ ފެޑެރަލް ޔުނިވާސިޓީއެއްގައި އިންޖިނިއަރިންގ ކިޔަވަމުން ދިޔަ ދެ ދަރިވަރު ކުރަފި އަޅައިގެން ގޮދަން ފުށް ހަދައިފިއެވެ.

Ads by Hajj Corporation

ނޫސްތަކަށް މައުލޫމާތު ދެމުން އެމީހުން ބުނީ، ކުރަފި އަޅައިގެން ހަދާފައި ހުންނަ ފުށުގައި އާދައިގެ ފުށަށްވުރެ 40 އިންސައްތަ އިތުރަށް ޕްރޮޓީން ހުންނަ ކަމަށާއި އެހެންކަމުން މިފުށުގެ ތަހުލީލުތައް ހެދި ބައެއް ސައިންސްވެރިން ވެސް ބުނެފައިވަނީ މިއީ އާދައިގެ ފުށަށްވުރެ ސިއްޙަތަށް ވަރަށް ފައިދާހުރި ފުށެއް ކަމަށެވެ.

ލޫކަސް އާއި މެނެގޮން ނަމަކަށް ކިޔާ އެ ދެ ދަރިވަރުން ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ބުނީ، އާދައިގެ ފުށުގެ ތެރެއަށް ކުރަތްޕާއި، އެމިނޯ އެސިޑްސް، ލިޕިޑް އަދި ފެޓީ އެސިޑްސް އަޅައިގެން އިންސާނުންގެ ސިއްޙަތަށް ވަރަށް ފައިދާ ހުރި ފުށެއް އުފެއްދިފައިވާ ކަމަށެވެ.

މީގެއިތުރުން ލޫކަސް އާއި މެނެގޮން ބުނީ ކުރަފި އަޅައިގެން އުފެއްދި މިފުށަކީ ޑައެޓް ކުރާ މީހުންނަށް ވެސް ވަރަށް ފައިދާހުރި ފުށެއް ކަމަށެވެ.

ކުރަފި ކަހަލަ ސޫތްޕެއް އަޅައިގެން ހަދާ ފުށް ކާން ބައެއް މީހުން ފަކުރު ގަންނާނެތީ، ލޫކަސް އާއި މެނެގޮން ވަނީ އެމީހުންގެ މިއީޖާދު އިތުރަށް ތަފްސީލު ކޮށްދީފައެވެ. އެގޮތުން އެމީހުން ބުނީ މިއީ އާންމުކޮށް ނަޖިސް ތަންތަނުން ފެންނަ ކުރަފިން ހަދާފައިވާ ފުށެއް ނޫން ކަމަށެވެ.

މިއީ "ނައުފޭޓާ ސީނެރީއާ" ނަމަކަށް ކިޔާ ކުރަފި ސްޕީޝީޒަކުން އުފައްދާފައިވާ ފުށެކެވެ. މިފަދަ ކުރަތްޕަކީ އާންމުކޮށް ފެންހޮޅިތަކާއި، ކުނި ގޮނޑާއި، ގޭގޭގެ ބަދިގެ ތެރެއިން ފެންނަ ކުރަތްޕާއި ތަފާތު ވައްތަރެކެވެ. މިއީ ކާނާ އެއްގެ ގޮތުން މޭވާއާއި ތަރުކާރީ އެކަނި ކައިގެން އުޅޭ "ހައިޖީން" ކުރަފިތަކެއް ކަމަށް ވެސް ލޫކަސް އާއި މެނެގޮން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!