ލުއި ޚަބަރު

މާ ލަހުން ގެއަށް އައުމުން، ފިރިމީހާގެ މޫނަށް ,ކެކިކެކި ހުރި ތެޔޮ އެއްޗެއް އަޅާލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ ޝިވް ކުމާރީ އަހިރްވާރް ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ފިރިމީހާ ގެއަށް އައި ވަގުތު މާ ފަސްވުމުން ކެކިކެކި ހުރި ތެޔޮ އެއްޗެއް ފިރިމީހާގެ މޫނަށް އަޅާލައިފިއެވެ.

Ads by MWSC

މިކަން ހިނގާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އުމުރުން 38 އަހަރުގެ އަރްވިދު އަހިރްވާރު ނަމަކަށް ކިޔާ މި ފިިރިހެން މީހާގެ މޫނު ވަނީ މިކަމާ ގުޅިގެން އެއްކޮށް ފިހިފައި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މީނާއަށް ހޮސްޕިޓަލްގައި ދަނީ އިތުރު ފަރުވާ ދެވެމުންނެވެ.

މިކަމާ ގުޅިގެން އަރްވިދުގެ ބޭބެ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކޮއްކޮ ކައިވެނި ކޮށްގެން އުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެ ކަމަށާއި ކުދިކުދި ކަންތައްތަކާ ޒުވާބު ކުރާ އަޑު ވަރަށް ގިނަ ރޭރޭ އިވޭ ކަމަށެވެ. އަދި ބައެއް ރޭރޭ އޭނާގެ މަންމަމެން އައިސް ހުއްޓުވަން މަސައްކަތް ނުކޮށްފިނަމަ އެރެއަކު އެއްކޮށް ވެސް ޒުވާބު ކުރުމުގައި ދެމި ތިބޭ ކަމަށެވެ. އެގޮތުން އެއް ރެއަކު ގާތްގަނޑަކަށް ފަތިހު ފަހެއް ޖަހާކަށްހާއިރު ކޮއްކޮ ނިދާފައި އޮއްވާ ކެކިކެކި ހުރި އެއްޗެއް އޭނާގެ އަނބިމީހާ އޭނާގެ މޫނަށް އަޅާލި ކަމުގައި ވެސް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ކޮއްކޮގެ ހަޅޭކުގެ އަޑަށް މަންމަމެން ހޭލާ ގޭ ކައިރި އަވަށްޓެރިންގެ އެހީއާއެކު ކޮއްކޮ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި މިކަމާ ގުޅިގެން ކޮއްކޮގެ އަންހެނުން ޝިވް ކުމާރީ އެރޭ ހުރީ ގޭގައި ކަމަށާއި އަދި ކުރެވުނު ކަންތަކާމެދު އޭނާ ހިތާމަ ކުރާ ކަމަށް ވެސް އަރްވިދްގެ ބޭބެ ބުންޏެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!