ޚަބަރު

ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓު ކުރަން ޖެހޭ އަދަދަށް ބަދަލު ގެނެސްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގެ ދަށުން ރާއްޖެއަށް އެތެރެ ކުރާ އަދި ރާއްޖެއިން ބޭރު ކުރާ ނަގުދު ފައިސާގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

Ads by Sosun Fihaara

މިއަދުން ފެށިގެން އަމަލު ކުރަން ފަށާ މި ގަވައިދާ އެކު ދިވެހިރާއްޖެ އަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ، ކަސްޓަމްސް އަށް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ، 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށް ވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށް ވާ ނުވަތަ މި އަދަދަށް ވުރެ މަތީ އަދަދަކަށް ވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކުރެއެވެ.

މީގެ ކުރިން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ، 30،000 އެމެރިކާ ޑޮލަރު ނުވަތަ މިއަށް ވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށް ވާ ނުވަތަ މި އަދަދަށް ވުރެ މަތީ އަދަދަކަށް ވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!