ޚަބަރު

ރައީސް ޔާމީން ޖަލަށް ލައިގެން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: ޝިޔާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބު އިންސާފުވެރި ވާނެ އެއްގޮތެއް ވެސް ނެތް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކައުންސިލް އިންތިޚާބު ނުބޭއްވި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލައިގެން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

"ވާދަވެރި ހަމައެކަނި ސިޔާސީ ޕާޓީގެ ލީޑަރު އޮތީ ނުހައްގުން ޖަލަށް ލައްވާފައި،  އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރި މައްސަލައިގައި އެންމެ އަޑީގައި ހުރި މީހާ އެހުރީ އޭސީ ކޮޓަރީގައި" ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އިޝާރާތް ކުރައްވައި ޝިޔާމު ފާޑުވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތައް ބައިވެރިވާ މި އިންތިޚާބުގައި ވާދަކުރާ ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ޖަލަށް ލައިގެން ބާއްވާ އިންތިޚާބު ޞައްޙަވާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު ސުޕްރީމް ކޯޓަށް ޕްރޮމޯޓު ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އެއީ ޕެކޭޖުގެ ކުޑަ މިންވަރެއް ކަމުގައި އަޑުއިވޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!