ވިޔަފާރި

އުރީދޫ ބެލެންސް ބޭނުން ކޮށްގެން "ގިފްޓް ކާޑު" ބޭނުން ކުރެވޭ ގޮތް ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަރސް ޕެލެޓްފޯރމްތަކުގައި ބޭނުންކުރެވޭ ގިފްޓް ކާޑާއި ކޯޑުތައް ބައްލަވައިގަނެވޭ ގޮތް، އުރީދޫ އާއި ކާރޓީ ސްޓޯރ ގުޅިގެން މަގުފަހި ކޮށްދީފިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ވަނީ ކްރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމަރސް ޕެލެޓްފޯރމްތަކުގެ ގިފްޓް ކާޑު ފޯރުކޮށްދޭ ކާރޓީ ސްޓޯރ ރާއްޖެއަށް ތައާރަފް ކޮށްފައެވެ.

ގޭމިންގް ކޯޑް އަދި އީ-ގިފްޓް ކާޑް ބައްލަވައިގަނެވޭ އިންޓަރނޭޝަނަލް އޮންލައިން ޕްލެޓްފޯމް ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާރލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާރސް އަދި ގޭމިންގ ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އާއި ކާރްޓީގެ މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރުން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށާއި ޕޯސްޓްޕެއިޑް ކަސްޓަމަރުން ގެ ބިލުގައި ހިމަނާގޮތަށް ޚިދުމަތް ހޯއްދެވޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރ އިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

"މުޅި ރާއްޖޭގައި ވެސް ފެންނަމުން މިދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިންގ އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން. މިފަދަ ޚިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރަން ޖެހުމަކި ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް. މިއަދު އުރީދޫ މޯލްޑިވްސް އާއި ކާރޓީ ސްޓޯރ ގުޅިގެން މި ހުޅުވާލެވުނު ޕްލެޓްފޯމަކީ މިހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް. އުރީދޫ ކަސްޓަމަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް އަދި މިނޫންވެސް އެތަކެއް ގިނަ ޕްލެޓްފޯރމްގައި ބޭނުންކުރުމަށް ގިފްޓް ކާޑް އަދި ކޯޑްސް ބައްލަވައިގަތުމުގެ ފަސޭހަކަށް ލިބިގެންދާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ކާރޓީ ސްޓޯރ އަށް ސައިންއަޕް ކުރެއްވުމަށް:

1. އިންޓަނެޓް ބްރައުޒަރ ގައި http://www.kartistore.com ޖައްސަވާ
2. ރެޖިސްޓަރ ކުރެއްވުމަށް ސައިންއަޕް ލިންކަށް ފިއްތާލައްވާ
3. ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އީމެއިލް ގައިވާ ލިންކް އަށް ފިއްތަވާލައްވާ
4. އެކައުންޓް އެކްޓިވޭޓް ކުރެއްވުމުން ކާރްތީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
5. ލޮގިން ކުރެއްވުމުން ކާރްތީ ކާޑް ގަތުމަށް "ބައި އަ ކާޑް" ލިންކަށް ފިއްތަވާލައްވާ

ކާރޓީ ކާޑް ގަތުމަށް ފުރިހަމަކުރައްވަންޖެހޭ ސްޓެޕްތަކަކީ:

1. ބޭނުންފުޅުވާ ބްރޭންޑް އިޚްތިޔާރު ކުރުން
2. ބޭނުންވާ ޢަދަދު އިޚްތިޔާރު ކުރުން
3. މޯބައިލް ނަންބަރު ޖެސެވުމަށްފަހު ޕަރޗޭސް އަށް ފިއްތާލުން
4. ޕަރޗޭސް ފުރިހަމަ ކުރެއްވުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
5. ޕިން ނަންބަރު ޖައްސަވާ ކޮންފާރމް އަށް ފިއްތާލައްވާ
6. ޕިން ނަންބަރު ރަގަޅަށް ޖެއްސެވުމުން ބައްލަވައިގަތް ކާޑު މައި ކާޑްސް އިން ފެނިވަޑައި ގަންނަވާނެ
އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/karti

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!