ޚަބަރު

ރައީސް ނަޝީދާއި ޙުސެއިން ރަޝީދުގެ މައްސަލައެއް ބަލައިދޭން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު އާއި ދީނީ ލިޔުންތެރިޔާ ޙުސެއިން ރަޝީދު އަޙުމަދުގެ މައްސަލައެއް ބަލައި ދިނުމަށް އެދި ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަށް އެޑްރެސްކޮށް، ރައްޔިތުންގެ އިއްތިހާދުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރައީސް ނަޝީދާއި ހުސައިން ރަޝީދު އެމްޑީއެން އާއި އުތެމަ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ކަންކަމަށް މަގުފަހިވާ ގޮތަށް އަމަލު ހިންގަވާފައިވާ ކަމަށާއި ދިވެހި ގާނޫނު އަސާސީގައި އިސްލާމް ދީނާ މެދު ކަނޑަ އަޅާފައިވާ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.

ރާއްޖޭގެ 26 އަމިއްލަ ޖަމިއްޔާއަކުން އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ބުނީ ޣައިރު މުސްލިމުންގެ ޝިއާރު ފާޅު ކުރުމާއި އެ ކުށަށް އަރައިގަތުމަށް އެހެން މީހުންނަށް ހިތްވަރު ލިބޭގޮތަށް ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު މީޑިޔާ ގައި އެކަމަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ހިލާފު ކަމެއް ކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ބުނެފައިވެއެވެ.

މިކަންކަމަކީ ނުބަލާ ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫން ކަމަށާއި، އެ ދެބޭފުޅުންނަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅައިދިނުމަށް ވެސް އެސިޓީގައި އެދިފައިވެއެވެ.

Ads by Ooredoo
  1. އައްޔު

    ކުނިވަށިގަޑަށް ދާނެބާ