ޚަބަރު

ޖުމްލަ 9 މީހުން ފައްސިވެ، ދާންދޫ ބިރުވެރިކަމަކަށް

ޢާއިޝަތު ނުޒުހާ

ދެއްވަދޫ ކްލަސްޓާ އިން ގއ. ދާންދޫން ފައްސިވި މީހުންގެ އަދަދު 9 އަކަށް އަރައިފިއެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކްލަސްޓާގައި އިއްޔެ ވެސް ދާންދޫން ވަނީ މީހަކު ފައްސިވެފައެވެ.

އަދި އެއާއެކު ޖުމްލަ 9 މީހުން ފައްސިވެފައިވާ ކަމަށާއި އިތުރު މީހުން ފައްސިވުމުގެ ފުރުސަތު އޮތް ކަމަށާއި ރަށް މިވަގުތު އޮތީ ބޮޑު ބިރުވެރިކަމެއްގައި ކަން އޭނާ ފާހަގަކުރިއެވެ.

މިމަހުގެ 16 ވަނަ ދުވަހު ވެސް އެރަށުން 4 މީހަކު ފައްްސިވެފައި ވެއެވެ. ފައްސިވެފައިވާ މީހުންގެ ތެރެއިން ތިން މީހުންނަކީ އެ އަތޮޅު ފެރީން މިދިޔަ ހޮނިހިރު ދުވަހު ދަތުރުކުރި ތިން މީހުންނެވެ. އެއީ އުމުރުން 11 އަހަރުގެ ކުއްޖަކާއި 41 އަހަރާއި 66 އަހަރުގެ މީހެކެވެ.

އެދުވަހު ފައްސިވި 4 ވަނަ މީހަކީ އެ ރަށުން ފުރަތަމަ ފައްސިވި ކުއްޖާއާ ކޮންޓެކްޓްވި 9 އަހަރުގެ ކުޑަ ކުއްޖެކެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ދާންދޫގައި މިވަގުތު  52 ގެ ވަނީ ކަރަންޓީނު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!