ޚަބަރު

މި ސަރުކާރުގެ ކުނީގެ ވައުދު "ކުނި" ވެއްޖެ: ޝުޖާއު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު

މި ސަރުކާރުން ކުނި ހައްލު ކުރުމަށްވީ ވައުދު 'ކުނި' ވެއްޖެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝުޖާއު މިހެން ވިދާޅުވީ މާފުށީގެ ގޮނޑުދަށު މޫދުގައި ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ.

ބޮންޑެގެ ޓްވީޓުގައި މާފުށިން މިއަދު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި ވިދާޅުވީ އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރާއިރު، އަނެއްކޮޅުން ޜާއްޖޭގެ ޓުއަރިޒަމް ޑީމޯޓް ކުރަނީ ކަމަށެވެ.

ގެސްޓު ހައުސް އޮޕަރޭޓް ކުރާ ރަށްތައް މި ހާލަތަށް ދާއިރު ކަމާބެހޭ އިދާރާތަކަށް ހޭވެރިކަން ނާންނަ ކަމުގައި ވެސް ބޮންޑެ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝުޖާއު ވަނީ މި ސަރުކާރުގެ އެންވައިރަމެންޓް މިނިސްޓަރު ވީ ހިސާބެއް ރައްޔިތުންނަށް ނޭނގޭ އިރު މިފަދަ މައްސަލަތައް ހައްލުކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

"މުޅި ނިޒާމު އޮތީ ފެއިލްވެފަ. ކުނި ގަންނާނެ ތަނެއް ނެތް. ކުނީގެ ވައުދު 'ކުނި ވެއްޖެ' " ޝުޖާއު ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!